މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ އީދު، ކައުންސިލާއި އ.ތ.މ ކޮމެޓީއާއި ގުޅިގެން ފާހަގަކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

1447 ވަނަ އަހަރުގެ އަޟްޙާ އީދު ރަށު ފެންވަރުގައި ފާހަގަކުރުމަށް ބޭނުންވާތީ އީދުގެ އެންމެހައި ހަރަކާތްތަކެއް އައުޓްސޯސް ކުރުމަށްވަނީ ނިންމާފައެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

އީދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް:

  • ޢީދު ހަދިޔާ ބެހުން
  • ޢީދު ސައި
  • ޢީދު ކުޅިވަރުތައް

މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:

  • ޕްރޮޕޯސަލްގައި ހުށަހަޅާފައިވާ އަގު: 80 މާކްސް
  • ހިންގުމަށް ރާވާފައިވާ ކުޅިވަރުތައް: 10 މާކްސް
  • ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް: 10 މާކްސް

ކުރިމަތިލެވޭ ފަރާތްތައް:

  • ޖަމިއްޔާތައް
  • ވިޔަފާރިތައް
  • އަމިއްލަ ފަރުދު
  • އިދާރާތައް

 

ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ 07 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ. މި މަސައްކަތާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ފޯން ނަމްބަރ 6720034 އާއި ގުޅުއްވުން އެދެމެވެ.

 

ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

27 އޭޕްރިލް 2026
ހޯދާ