ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ސޯސަންމަގުގައި ހުންނަ ދިވެހިބަހުގެ އެކެޑަމީ ހ. ސޯސަންގޭގައި 2026 މޭ 4 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 މޭ 3 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00އަށް މި އެކެޑަމީއަށް ހާޒިރުވުން އެދެމެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2026 މޭ 4 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް މި އެކެޑަމީއަށް ހާޒިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ އެ ނީލަން ކާމިޔާބުކުރި އަގު) 24 ސައުވީސް) ގަޑިއިރުގެ ތެރޭގައި ނީލަންކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލަށް https:/bandeyripay.finance.gov.mv ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައިނުވާނަމަ، މި އުސޫލުގައިވާ ގޮތުގެ މަތިން، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން 5 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދުނޫން) ތަކެތި ގެންދަން ވާނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށް ފަހު އެ ތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ އެހެން ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.
މިހެންވެ، މި ކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.
