ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ނަންބަރ I(IUL)BAH-AHR/BAH/2026/29 (23 އޭޕްރީލް 2026) އިޢުލާނަށް އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށައަޅާފައިނުވާތީ އެޢިއުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ބ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ކަބަޑުތަކެއް ޖަހައިދިނުމަށް ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށައެޅުމަށްވެސް ދެންނެވީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 10:00 އަށް ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.
މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7914942 / 9796666 އަށް ގުޅުއްވުން އެދެމެވެ.
