މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބަކަރި ގެންގުޅުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދައި، ކާނާގެ ބާވަތްތައް ލިބޭނެމަގު ތަނަވަސްކޮށްދީ ކާނާގެ ޔަގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 2016 ވަނަ އަހަރު ރާއްޖޭގެ ރަށެއްގައި ވިޔަފާރި އުސޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށި ގާއިމުކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ދަށުން ޕްރޮގްރާމް ހިންގާ ރަށުގެ ދަނޑުވެރިންނަށް ބަކަރި ގެންގުޅުމާގުޅޭ ފަންނީ މަޢުލޫމާތު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް އެރަށެއްގައި ހިންގައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމް ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

  • ކޮށި ގާއިމު ކުރުމަށްޓަކައި މީހުން އުޅޭ ހިސާބާ ގާތްގަނޑަކަށް 100 މީޓަރު ދުރުން އެކަށީގެންވާވަރުގެ ބިމެއް އޮތުން.

    (މިބިމަކީ ކޮންމެވެސް މިންވަރަކަށް ދިވެހިރުއް ހުންނަ ބިމަކަށް ވާންވާނެއެވެ. އަދި ބަކަރި ކާން ބޭނުންވާ ފަތްޕިލާވެލި އުފެއްދޭނެ ފަދަ ބިމަކަށް ވާންވާނެއެވެ.)

  • ބަކަރީގެ ކާނާގެ ގޮތުގައި ބޭނުން ކުރާނެ ފަތްޕިލާވެލީގެ ބާވްތައް ލިބެން ހުރި މިންވަރު.
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު
  • ގާއިމުކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ގާބިލުކަން ހުރި މިންވަރު.
  • މިމަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ.

ސުންގަޑި: މި ޕްރާގްރާމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން "ބަކަރި ގެންގުޅުމުގެ ޕްރޮގްރާމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުށަހަޅުއްވާނީ 27 ޖަނަވަރީ 2016 ގެ 14:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339261 ، 3322625 އަށް ގުޅުއްވުން އެދެމެވެ.

"ބަކަރި ގެންގުޅުމުގެ ޕްރޮގްރާމަށް އެދޭ ފޯމު" މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން، އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު:

29 ޑިސެންބަރު 2015
ހޯދާ