ދިވެހިރާއްޖެ
އިޢުލާން
މަގުގައި ގާއެތުރުމާއި ގެމަތައެއް ހެދުމުގެ މަސައްކަތެއް ކުރުމަށް ބޭނުންވާތީ ކުރެވުނު ނަންބަރު SP/2015/76-ފ145 (20 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މަގުގައި ގާއެތުރުމާއި ގެމަތައެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖަނަވަރީ 04 ވަނަ ދުވަހުގެ 11:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑްފްލޯގައި ހުންނަ ކްރިމިނަލްކޯޓުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖަނަވަރީ 06 ވަނަ ދުވަހުގެ 11:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑްފްލޯގައި ހުންނަ ކްރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން އޮންނާނީ ކްރިމިނަލް ކޯޓާއި، މާލެއިން ބޭރުން މަސައްކަތް ކުރަންޖެހޭ ސަރަޙައްދުގައެވެ.
18 ރަބީޢުލްއައްވަލް 1437