ދިވެހިރާއްޖެ
އިޢުލާން
އޮރެންޖް ހިޔާ ބިލްޑިންގ ތިންވަނަ ފަންގިފިލާގައި ކުރަންހުރި ފަންގަސް ޓްރީޓްމަންޓްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 26 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 04 މެއި 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަންގާ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސައިޓް އިންސްޕެކްޝަން އޮންނާނީ 05 މޭ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގ ތިންވަނަ ފަންގިފިލާ ގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 މޭ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 މޭ 2026 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި، އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
09 ޛުލްޤައިދާ 1447ހ.
