ކޮޅުމަޑުލު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގެ ކުޑަ ދޮރުތަކުގައި ބްލައިންޑް ކާޓެއިން ހޯދައި ހަރުކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 654/IUL-A/2026/05 ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލުން

                                                   ނަންބަރު: 654/IUL-A/2026/09

އިޢުލާން

 

މިކޯޓުގެ ކުޑަ ދޮރުތަކުގައި ބްލައިންޑް ކާޓެއިން ހޯދައި ހަރުކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  654/IUL-A/2026/05 ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލުން

         މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މިކޯޓުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ކާޓެއިން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިން) ، 30 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކޯޓުގައި އޮންނާނެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަންބަރު:  19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

         މިބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 އޭޕްރިލް 29 ވަނަ ދުވަހުގެ 14:00ގެ ކުރިން މި ކޯޓުގައި ބިޑް ރަޖިސްޓްރީ ކުރައްވަންވާނެއެވެ.

         މިމަސައްކަތުގެ އަންދާސީހިސާބު (އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 03 މެއި 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކޮޅުމަޑުލު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

        މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑާއިގެންނެވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަންއަންގައިދޭ ލިއުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަންވާނެއެވެ.

މިއީ މިކޯޓުގެ ނަންބަރު 654/IUL-A/2026/05 އިޢުލާންގެ މަޢުލޫމާތު ޝީޓަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާތިލްކޮށް، އަލުން ކުރެވިފައިވާ އިޢުލާނެއް ކަމުގައި ދެންނެވީމެވެ.

26 އޭޕްރިލް 2026
ހޯދާ