މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ އެކިއެކި ޙަރަކާތްތައް ރާވައި، އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން
ބިޑު ހުށަހެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ އެކިއެކި ޙަރަކާތްތައް ރާވައި، އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު (2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ނަންބަރު (1/2003) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 މެއި 04 ވާ ހޯމަ ދުވަހު 13:00ގެ ކުރިން ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.office.com/r/bU1PmHa94A
- މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާއެވެ. ބިޑާއި ގުޅިގެން ބޭނުންވާ މަޢުލޫމާތާއި އަގުހުށަޅާ ފޯމުތައް ރަޖިސްޓްރީކުރެއްވުމުން މެއިލްކޮށްދެވޭނެއެވެ.
- ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 މެއި 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:30 ގައެވެ.
26 އޭޕްރިލް 2026
ހޯދާ
