މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނަންސް (ޤައުމީ ސަނަދު ލެވެލް 3) ކޯހެއް ވާދޫގައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

އިޢުލާން            

އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނަންސް (ޤައުމީ ސަނަދު ލެވެލް 3) ކޯހެއް ވާދޫގައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިން ކުރިއަށްގެންދާ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގުރާމްގެދަށުން ވާދޫގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި މަސައްކަތެއް ދަސްކޮށްދީ، ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ޤައުމީ ސަނަދު ލެވެލް 3 ގެ ސެޓްފިކެޓް ލިބޭގޮތަށް، ވާދޫގައި "އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނަންސް" ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ޤައުމީ ސަނަދު ލެވެލް 3 ގެ ފެންވަރަށް، އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނަންސް ކޯހެއް، ރާވައި ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކޯހުގައި ކިޔަވައިދެއްވާ ލެކްޗަރައިންގެ މުސާރައިގެ އިތުރުން، ދަތުރުފަތުރާއި، ހުރުމާއި އަދި ކެއުމުގެ ޚަރަދު އަދި ކޯސް ހިންގުމަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 މޭ 05 ވާ އަންގާރަދުވަހުގެ 11:00 ގެކުރިން މިއިއުލާނާއިއެކުވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected]  އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. 

 މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

23 އޭޕްރިލް 2026
ހޯދާ