މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސް މަހިޑޯލް އެވޯޑް 2026 އާއިގުޅޭ

އިޢުލާނު

ޕްރިންސް މަހިޑޯލް އެވޯޑް 2026 އާއިގުޅޭ

 ތައިލޭންޑްގެ ޕްރިންސް މަހިޑޯލް އެވޯރޑް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ދޭ ޕްރިންސް މަހިޑޯލް އެވޯޑް އަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

 ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ ނޮމިނޭޝަން ފޯމާއި އެއާ ގުޅޭ އެހެނިހެން ލިއެކިޔުންތައް 20 މޭ 2026 (ބުދަ) ދުވަހުގެ 12:00ގެ ކުރިން މި މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަންގެ އީމެއިލް ([email protected]) އަށް ފޮނުއްވައިދެއްވުން އެދެމެވެ.

 މިއެވޯޑާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. (https://www.princemahidolaward.org/)

 ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

23 އޭޕްރިލް 2026
ހޯދާ