ދިވެހިރާއްޖެ
PC-942026W-01
|
އިޢުލާން |
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަނަށް ތިރީގައި މިދަންނަވާ އޮފީސްތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ހ. މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާ ބިލްޑިންގ، 1 ވަނަ ފަންގިފިލާ)
ށ. މޯލްޑިވްސް އިމިގްރޭޝަން ސްޓާރކްލައުޑްސް ބިލްޑިންގ (މ. ޗަބޭލީ ވިލާ، 8،9،10 އަދި 11 ވަނަ ފަންގިފިލާ)
ނ. ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ބިލްޑިންގ، 1 ވަނަ ފަންގިފިލާ)
ރ. އެންފޯސްމަންޓް އެންޑް ކޮންޕްލައިންސް ޑިވިޜަން / ޑިޓެންޝަން ސެންޓަރ (ހުޅުމާލެ ފޭސް 2، ޓެންޕް 230)
ބ. ދިވެހި ޕާސްޕޯޓް އިޝުއިންގ އޮފީސް (ހުޅުމާލެ ފޭސް 1، އުމަރު ޒާހިރު ބިލްޑިންގ)
ޅ. ދިވެހި ޕާސްޕޯޓް އިޝުއިންގ އޮފީސް (ހުޅުމާލެ ފޭސް 2، ވިނަރެސް 2، 1 ވަނަ ފަންގިފިލާ)
- މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv 22 އޭޕްރިލް 2026 އިން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ބިޑް އާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 އޭޕްރިލް 2026 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- ބީލަން ހުށައެޅުން އޮންނާނީ 03 މެއި 2026 ވާ އާދީއްތަ ދުވަހުގެ 10:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޑިވިޜަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިވިޜަން،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330464, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
