ދިވެހިރާއްޖެ
އިޢުލާން
ތ. ތިމަރަފުށީ ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، އަންނަނިވި ބިންތަކާއި އިމާރާތްތަކުގެ އެތެރެއާއި ބޭރު ސާފުކޮށް، ވިނަ ނޮޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ސާފުކުރަންޖެހޭ ތަންތަން:
- ބަށި ކޯޓު
- ސަންސެޓް ޕާކް (ޔެޓް ޕާކް)
- ސަންރައިޒް ޕާކް (އެސްޖޭ ޕާކް)
- ޓާފް ދަނޑު
- ކާޑުގެ
މައުލޫމާތު ސާފުކުރުން: މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 23 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 28 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޖަމްޢިއްޔާތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780675 ނަންބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަންޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
