ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

17 ޑިސެންބަރު 2015 ގައި ކުރެވުނު GS-203/2015/28(އައި.ޔޫ. އެލް) އިޢުލާނުގައި ސަރވިސް އެލަވަސްން ނުބައިކޮށް ލިޔެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

1 (އެކެއް)

ބޭނުންވާ އަދަދު

229420

މަޤާމު ނަންބަރ:

މަސައްކަތު (ކޮންޓްރެކްޓް)

މަޤާމު:

ގދ. ހޯނޑެއްދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް

ހޯނޑެއްދޫ ސްކޫލް

އޮފީސް:

 މަޤާމް

ސީ .އެސް. ރޭންކް

ކްލެސިފިކޭޝަން

މަޤާމުގެ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

 

މަސައްކަތު (ކޮންޓްރެކްޓް)

 

 

އެސް. އެސް. 3

 

 

 

ސަޕޯޓް ސްޓާފް

ގްރޭޑް 3

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން

 

 

-/3،875 ރުފިޔާ

 

 

-/1،000 ރުފިޔާ

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން.

- ގޯތިތެރެއާއި މަގުމަތި ސަރަހައްދުން ކުނިނަގައި، ވިނަނޮޅައި، ސާފުކުރުން.

- ސްކޫލުގެ އޮފީހާއި، ސްޓާފްރޫމާއި، އެކަޑަމިކް ސެކްޝަނާއި، ކޮމްޕިޔުޓަރ ލެބާއި، ލައިބްރަރީއާއި، ފާޚާނާއާއި، އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ސާފުކޮށް ބެލެހެއްޓުން.

- ބައްދަލުވުންތަކަށް ހޯލު އެތުރުން.

- ސުޕަވައިޒަރުންނާއި ޓީޗަރުންނަށް ދަންނަވައި، ސްކޫލުގެ ކިޔަވައިދިނުމާ ގުޅުން ހުރިކަންތައްތައް ކުރުން.

- ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުންނާއި، ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން.

- ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށް ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން

2. މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ހުށައަޅަންވީ ގޮތް:

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން.

ސުންގަޑި:

މި  މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން،  "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު" ފުރިހަމަކުރުމަށްފަހު، 2016 ޖަނަވަރީ 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސުކޫލަށް ހުށަހެޅުން އެދެމެވެ.

 

އިންޓަވިއު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

- އިންޓަވިއު އޮންނާނީ، 7 ޖަނަވަރީ 2016 އާއި 10 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައި ގދ. ހޯނޑެއްދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983089 ނަންބަރު ފޯނާއެވެ.

 

18 ރަބީޢުލްއައްޥަލް 1437

29 ޑިސެންބަރު 2015
ހޯދާ