މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓަންޓް ކޮލިޓީ އޮޑިޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން:

ކޮލިޓީ އެޝުއަރަންސް އެންޑް ރެޖިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ކޮލިޓީ އެޝުއަރަންސް

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ. އެސް. 4

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ޓޫރިޒަމް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ/ ހޮޓެލް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއި، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ޓޫރިޒަމް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ/ ހޮޓެލް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް) 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ފަތުރުވެރިންނަށް ޚިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީއާއި ޔޮޓް މެރީނާ، މި މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ހުއްދަ ދޫކުރުމާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ޤަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި އިންސްޕެކްޓްކޮށް، ރިޕޯޓް ތައްޔާރުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއޢި މުސާރައިގެ ކުރިއެރުން.
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށް ދެވޭ މީހެއްކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއްކަމުގައިވުން.

މަޤާމް:

އެސިސްޓެންޓް އެންވަޔަރަމެންޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4،465 ރުފިޔާ  

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ޑިވެލޮޕްމަންޓް

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3

 

މަޤާމުގެ ޝަރުޠު:

1. ޓޫރިޒަމް މެނޭޖްމަންޓް/ ޓޫރިޒަމް ޕްލޭނިންގ/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ކޯސްޓަލް މެނޭޖްމަންޓް/ މެރައިން ސައިންސް/ މެރައިން ބަޔޮލަޖީ/ އެންވައަރަމެންޓް ސައިންސް/ އެންވައަރަމެންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން އޮނިގަނޑު 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވައަރަމެންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައްޔާއި ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާ ހުއްދަތައް ދޫކުރުމައި މިކަމާ ގުޅޭ ކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދިނުން.
  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކާބެހޭ ރިކޯޑް ބެލެހެއްޓުން.
  • ޓޫރިސްޓް ރިޒޯޓުތަކުގައި އެކިއެކި ތިމާވެއްޓާ ގުޅޭ ކަންތައްތައް ހިނގަނީ ކަނޑައެޅިފައިވާ ފެންވަރަށް އަދި ކަމާ ގުޅުންހުރި ގަވާޢިދުތަކުގައިވާ ގޮތަށްތޯ ބެލުން.
  • ތިމާވެއްޓާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި، ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގަރާމްތަކާއި ވޯކްޝޮޕްފަދަ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވުން.
  • ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކޮށް ދެމެހެއްޓެނިވިގޮތުގައި ކުރިޔަށްގެންދިޔުމަށްޓަކައި ކުރެވޭ ތިމާވެއްޓާބެހޭ ދިރާސާތަކާއި މަޢުލޫމާތު އެއްކުރުމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ޓޫރިޒަމް ފެސިލިޓީތައް ތަރައްޤީކުރެވޭއިރު ރާވަންޖެހޭ އިންސްޕެކްޝަންތައް ރާވައި، އިންސްޕެކްޝަންތައްކުރުމާއި، ރިޕޯޓް ތައްޔާރުކުރުން.
  • ޒޯޓްތަކުގެ ލޭންޑް އޭރިއާޔާބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭކޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން.
  • ރޓޫރިޒަމްގެ މަޝްރޫޢުތަކުގެ ތިމާވެއްޓާބެހޭ ދިރާސާތައް ބަލަހައްޓައި، އެކަމާގުޅޭ މުޢާމަލާތްތައް ކުރުން.
  • ސެކްޝަނަށް އަންނަ ސިޓީތަކަށް ވެރިއެއްގެ އިރުޝާދުގެދަށުން ޖަވާބުދީ، އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެގޮތުގައި މުސާރައިގެ %35

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ކޮމްޕިއުޓަރ (މައިކްރޮސޮފްޓް އޮފީސް ޕެކޭޖް) ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއްކަމުގައިވުން.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  3. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  4. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  5. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓް: މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން މެއި 2016 ގެ ނިޔަލަށެވެ.)

މަޤާމް:

އެސިސްޓެންޓް ރެޖިސްޓްރޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން:

ކޮލިޓީ އެޝުއަރަންސް އެންޑް ރެޖިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ރެޖިސްޓްރޭޝަން

ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3

 

މަޤާމުގެ ޝަރުޠު:

1. ޓޫރިޒަމް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ/ ހޮޓެލް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ފަތުރުވެރިންނަށް ޚިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީއާއި ޔޮޓް މެރީނާ، މި މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ހުއްދަ ދޫކުރުމާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި، ތަނުގެ ފެންވަރު، ޤަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި، އިންސްޕެކްޓްކޮށް، ރިޕޯޓް ތައްޔާރުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާއިދުގައިވާގޮތުގެމަތިން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.
  • ސްޕެޝަލް ޑިއުޓީ، އެލަވަންސްގެގޮތުގައި މުސާރައިގެ %35.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު  (އެޕްލިކޭޝަން  ފޯމު، މި  މިނިސްޓްރީގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

މި   މަޤާމްތަކަށް   އެދޭ   ފަރާތްތަކުން،   ވަޒީފާއަށް   އެދޭ   ފޯމު   ފުރިހަމަކުރުމަށްފަހު،   ފޯމާއެކު   ހުށަހަޅަންޖެހޭ  ލިޔުންތަކާއެކު، 2016 ޖަނަވަރީ 5 ވާ އަންގާރަ  ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށް (ވެލާނާގޭގެ  5 ވަނަ ފަންގިފިލާ)  ހުށަހެޅުން އެދެން.

 

އިތުރު މަޢުލޫމާތު:

  • މި  މަޤާމްތަކަށް  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރުމަށް  ހަމަޖެހިފައިވަނީ،  ސުންގަޑި  ހަމަވާ  ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.
  • މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3022200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާއި، އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން، އިންޓަވިއުއަށް އަންނަންވީ ވަގުތު އެންގޭނެއެވެ.

13 ރަބީޢުލްއައްޥަލް 1437

24 ޑިސެންބަރު 2015
ހޯދާ