ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ހެލްތު އެސިސްޓެންޓް |
ބޭނުންވާ އަދަދު: 1 (އެކެއް) |
މުސާރަ: -/5610 ރުފިޔާ (މަހަކު) |
||||
ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: އެމް.އެސް 1 |
ސަރވިސް އެލަވަންސް: -/2000 ރުފިޔާ (މަހަކު) |
||||
މަޤާމުގެ ހުއްދަ ނަންބަރު: 188-0D/22/2015/145 |
އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ. |
|||||
މަޤާމުގެ ޝަރުޠު: |
1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|||||
މަޤާމުގެ މައިގަޑުމަސްއޫލިއްޔަތު: |
- ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ސްކޫލުގައި ފޯރުކޮށްދިނުން. - ދަރިވަރުން ސްކޫލުގައި ތިބޭއިރު ކުއްލިއަކަށް ދިމާވާ ޞިއްޙީ ކަންތައްތަކަށް ފަރުވާދިނުން. - ދަރިވަރުންގެ ހެލްތު ސްކްރީނިންގގެ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން. - ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ ޞިއްޙީ މައްސަލަތައް ފާހަގަކޮށް، އެކަމުގެ މަޢުލޫމާތު، ކްލާސްޓީޗަރަށާއި، ސުޕަވައިޒަރަށާއި، ސްކޫލުގެ ވެރިޔާއަށާއި، ބެލެނިވެރިންނާ ހިއްސާކޮށް، އެކަމުގައި ދެވެން އޮތް އެހީތެރިކަމެއް ދިނުން. - ސްކޫލުގެ ދަރިވަރުން ނުވަތަ ސްޓާފުން ތަމްސީލްކުރާ ކުޅިވަރު ހަރަކާތްތަކާއި، ފަސްޓްއެއިޑް ބޭނުންވެދާނެ އެހެނިހެން ހަރަކާތްތަކުގައި ފަސްޓް އެއިޑުގެ ޚިދުމަތް ދިނުން. - ސްކޫލުގެ ދަރިވަރުންގެ ހެލްތު ރެކޯޑްތައް ބެލެހެއްޓުން. |
|||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކަޑަމިކް ސެކްޝަން |
|||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމުގެ ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކާ އިންޓަވިއުކޮށް، އެންމެ މަތީ ނަތީޖާ ހޯދާ ފަރާތް ބަލައިގެން. |
|||||
އިންޓަވިއުކުރުން: |
- އިންޓަވިއު އޮންނާނީ، މި މަރުކަޒުގައެވެ. - އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 2 ދުވަހުގެ ތެރޭގައި އަންގާނެއެވެ. |
|||||
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައި) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. |
|||||
ސުންގަޑި: |
2015 ޑިސެންބަރު 29 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް. |
|||||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841026 ނަންބަރު ފޯނާއެވެ. |
|||||
9 ރަބީޢުލްއައްޥަލް 1437 |