ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި، 2016 ޑިސެންބަރުގެ ނިޔަލަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުމަށް، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:

3 (ތިނެއް)

ރޭންކް/ ކްލެސިފިކޭޝަން:

އެސް. އެސް. 1

މުއްދަތު:

ކޮންޓްރެކްޓް (1 އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހދ. އަތޮޅު ކައުންސިލްގެ އިދާރާ، ހދ. ކުޅުދުއްފުށި

މުސާރަ:

4,500.00 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

  1. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން.
  2. ޑިއުޓީކުރުމުގެ ޤާބިލުކަން ހުރުމާއެކު، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަސްއޫލިއްޔަތު

ހދ. އަތޮޅު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން.

ވަޒީފާއަށް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި، ތަނާއި، ސުންގަޑި:

2015 ޑިސެންބަރު 30 ވާ ބުދަދުވަހުގެ 14:00 ގެ ކުރީން، ސިޓީއަކާއެކު ހދ. އަތޮޅު ކައުންސިލްގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. 3 (ތިނެއް) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް.
  4. ލިބިފައިވާ ތަމްރީނާއި، ތަޖުރިބާއާއި، ތަޢުލީމީ ފެންވަރު އެނގޭނޭ ލިޔުންތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6521100  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ،  6528875  އެވެ.  އީމެއިލް  ކުރާނީ،  [email protected]  އަށެވެ.

11 ރަބީޢުލްއައްޥަލް 1437

22 ޑިސެންބަރު 2015
ހޯދާ