މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބީލަމުގެ އުޞޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

އިޢުލާން

ބީލަމުގެ އުސޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

މި މިނިސްޓްރީގެ ނަންބަރު: (IUL)30-E/30/2015/22 (01 އޮކްޓޫބަރު 2015) ގެޒެޓުކުރެވިފައިވާ އިޢުލާނުގެ ދަށުން ވަރުވާއަށް ދޫކުރުމަށް އިޢުލާނުކޮށްފައިވާ ފަޅުރަށްތަކުގެ ތެރެއިން ބައެއް ރަށްރަށަށް 3 ފޯމު ހުށަހަޅާފައި ނުވާތީއާއި އަދި ބައެއް ރަށްރަށަށް ހުށަހަޅާފައިވާ ފޯމުތައް މި މިނިސްޓްރީން ދިރާސާކުރިއިރު ބިޑް ކާމިޔާބުކުރެވޭ ވަރަށް ޕޮއިންޓް ލިބިފައިނުވާތީ، އެ ރަށްތައް ބީލަމުގެ އުސޫލުން ވަރުވާއަށް ހިފުމަށް އަލުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ރ. ހިރަވެރި
  2. ރ. ހުޅުދޫ
  3. ރ. ބޮޑުހަތްކޮޑި
  4. ރ. ބޮޑުހުރާ
  5. ރ. ބޮޑުފުށި
  6. ރ. ބޮޑުފެންމާއެބޫދޫ
  7. ރ. ބަޑަވެރި
  8. ރ. ކުރެއްދޫ (ކޮޅިކުރެއްދޫ)
  9. ރ. ކަންދޫމީހުންގެ ޅާނބުގަލި
  10. ރ. ކުޑަޅޮސްގިރި
  11. ރ. އަންގާގިރި
  12. ރ. އެތިގަނޑުޖެހިހުރާ
  13. ރ. އޮރިމަސްފުށި
  14. ރ. އުނގުލު
  15. ރ. ވޭވަށް
  16. ރ. ވަށްފުށި
  17. ރ. މާމުނަގައުފިނޮޅު
  18. ރ. މިނާދޫ
  19. ރ. މުއްލާފުށި
  20. ރ. ފަސްގަނޑުފަރު
  21. ރ. ދިންނާފުށި
  22. ރ. ދުވާފަރުހުރާ
  23. ރ. ދެބުރިދޭތެރޭވާދޫ
  24. ރ. ގިރާވަރު
  25. ރ. ގުބޮށި
  26. ވ. ހުރަހުފިނޮޅު
  27. ވ. ރަށްގަޑު
  28. ވ. ތުނޑުހުރާ

ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ސަމާލުކަމަށް؛

  • ފަޅުރަށް ވަރުވާއަށް ހިފުމަށް އެދި ބިޑް ހުށަހަޅުއްވަން ވަޑައި ގަންނަވަނީ، ބިޑްގެ ވެރިފަރާތް ނޫން ފަރާތަކުންނަމަ، ބިޑްގެ ވެރިފަރާތުގެ ބަދަލުގައި ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނެ ބޭފުޅަކާބެހޭ މަޢުލޫމާތު އެނގޭނެ ލިޔުމެއް ބިޑުގެ ވެރިފަރާތް ސޮއިކޮށް ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
  • ކުންފުންޏެއްގެ ފަރާތުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވަނީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ނޫން އެހެން ފަރާތަކުންނަމަ، ކުންފުނީގެ ބަދަލުގައި ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނެ ބޭފުޅަކާބެހޭ މަޢުލޫމާތު އެނގޭނެ ލިޔުމެއް ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ސޮއިކޮށް ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
  • ޕާރޓްނަރޝިޕެއްގެ ފަރާތުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވަނީ އެ ޕާރޓްނަރޝިޕެއްގެ މެނޭޖިންގ ޕާރޓްނަރ ނޫން އެހެން ފަރާތެއްނަމަ، ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނެ ބޭފުޅަކާބެހޭ މަޢުލޫމާތު އެނގޭނެ ލިޔުމެއް މެނޭޖިންގ ޕާޓްނަރ ސޮއިކޮށް ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
  • ޖަމްޢިއްޔާއެއްގެ ފަރާތުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވަނީ ޖަމްޢިއްޔާގެ ރައީސް ނޫން އެހެން ބޭފުޅެއްނަމަ، ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނެ ބޭފުޅަކާބެހޭ މަޢުލޫމާތު އެނގޭނެ ލިޔުމެއް ޖަމްޢިއްޔާގެ ރައީސް ސޮއިކޮށް ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
  • އަމިއްލަ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު، ހުށަހަޅުއްވާ ބިޑާއެކު ހުށަހަޅާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވާނަމަ، އެ ބިޑެއް ކެންސަލް ކުރެވޭނެއެވެ.
  • ބިޑް ހުށަހަޅުއްވަންޖެހޭ ސުންގަޑީގެ ފަހުން އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެއެވެ.
  • ބިޑް ހުށަހަޅުއްވަންވާނީ، ހުށަހަޅާ ފަރާތުގެ ނަމާއި، ބިޑް ހުށަހަޅާ ރަށުގެ ނަން އެނގޭނޭ ގޮތަށް ކޮންމެ ރަށަކަށް ވަކިން މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރއަށް އެޑްރެސްކޮށް، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި ނޫން ގޮތަކަށް ހުށަހަޅާ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.
  • ބިޑް ޑޮކިއުމަންޓް ލިބެން ހުންނާނީ 28 ޑިސެންބަރު 2015 އިން ފެށިގެން 13 ޖަނަވަރީ 2015 ގެ ނިޔަލަށް މި މިނިސްޓްރީގެ ކައުންޓަރުންނެވެ. ބިޑް ޑޮކިއުމަންޓް ވިއްކާ އަގަކީ -/20 ރުފިޔާއެވެ.

އަދި ފަޅުރަށްރަށް ވަރުވާއަށް ހިފުމަށް އެދި ފޯމު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ބިޑް ހުށަހެޅުން އޮންނާނޭ ތަނަކާއި ތާރީޚާއި ގަޑި މިނިސްޓްރީން ފަހުން އިޢުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ.

27 ޑިސެންބަރު 2015
ހޯދާ