ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު: 
މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: ރިލީފް ޓީޗަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު: 2 (ދޭއް)
މަޤާމުގެ ޝަރުޠު:
| ސަރވިސް އެލަވަންސް (މަހަކު) | މުސާރަ (މަހަކު) | 
 | 
| 1000.00 ރުފިޔާ 1500.00 ރުފިޔާ 1500.00 ރުފިޔާ | 3100.00 ރުފިޔާ 3565.00 ރުފިޔާ 4000.00 ރުފިޔާ | ގްރޭޑް 7 ނިންމާފައިވާ ރިލީފް ޓީޗަރުންނަށް ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުންނަށް | 
| ސަރވިސް އެލަވަންސް | މަޤާމުގެ އަސާސީ މުސާރަ | މަޤާމުގެ ޝަރުޠު | މަޤާމުގެ ކްލެސިފިކޭޝަން | މަޤާމުގެ ރޭންކް | މަޤާމް | 
| 2500 | 5,020 | – ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. | ޓީޗިންގ ސަރވިސް އޮފިސަރ 1 | GS4 | ޓްރެއިންޑް ޓީޗަރ | 
| 5,610 | – ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. | ޓީޗިންގ ސަރވިސް އޮފިސަރ 2 | MS1 | ||
| 6,295 | – ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްވުން. | ޓީޗިންގ ސަރވިސް އޮފިސަރ 3 | MS2 | ގްރެޖްއޭޓް ޓީޗަރ | |
| 7,035 | – ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ | ޓީޗިންގ ސަރވިސް އޮފިސަރ 4 | MS3 | ކޮލިފައިޑް ޓީޗަރ | |
| 7,875 | – ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން އިތުރު ބެޗިލާރސް ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ | ޓީޗިންގ ސަރވިސް އޮފިސަރ 5 | MS4 | ||
| 8,835 | – ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ | ޓީޗިންގ ސަރވިސް އޮފިސަރ 6 | EX1 | ||
| 9,890 | – ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ | ޓީޗިންގ ސަރވިސް އޮފިސަރ 7 | EX2 | ||
| 11,065 | – ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. | ޓީޗިންގ ސަރވިސް އޮފިސަރ 8 | EX3 | ސީނިއަރ ޓީޗަރ | |
| 12,400 | – ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. | ޓީޗިންގ ސަރވިސް އޮފިސަރ 9 | EX4 | ||
| 13,890 | – ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. | ޓީޗިންގ ސަރވިސް އޮފިސަރ 10 | EX5 | ||
| 15,560 | – ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. | ޓީޗިންގ ސަރވިސް އޮފިސަރ 11 | EX6 | 
މަޤާމުގެ މަސްއޫލިއްޔަތު:
މި މަޤާމުގައި ކުރަން ޖެހޭނީ، ސްކޫލުން ކަނޑައަޅާ ގްރޭޑްތަކަށް ކިޔަވައިދިނުމުގެ މަސައްކަތެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.
- ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު ހުށަހޅަންޖެހޭ ތަކެތި:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައި)
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒިފުން ކުރިމަތިލާ މަޤާމަކަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަރާތެއްކަމުގައިވާނަމަ ''މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް''
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރަކާއެކު)
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 30 ވާ ބުދަ ދުވަހުގެ 1:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ޅޮހީ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއު:
މި މަޤާމަށް މީހުން ޢައްޔަނުކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަހުގެ ތެރޭގައި ޅޮހީ ސްކޫލުގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އަންގާނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމަތު ސާފުކުރަން ބޭނުންނަމަ، މި ސްކޫލުގެ 6560573 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
13 ރަބީޢުލްއައްޥަލް 1437
 
                    