|
އިޢުލާން
|
|
މަޤާމު:
|
ހައުސްކީޕަރ، ގްރޭޑް 1
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭކްން 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޖުޑީޝަލް ސަޕޯޓް ވަރކަރުން
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ މެޖިސްޓްރޭޓް ކޯޓު / ގދ. ވާދޫ
|
|
މުސާރަ:
|
7،700.00ރ (ހަތްހާސް ހަތްސަތޭކަ ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
- މަޤާމުގެ އެލަވަންސް: 2،310.00 ރުފިޔާ
- ޙާޟިރީ އިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) 60.00 ރުފިޔާ
- ޖުޑީޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: 120.00 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޯޓު ޢިމާރާތާއި އެތެރެއާއި، ބޭރު އަދި މަގުތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ފޮޅާ ސާފުކުރުމާއި، ގޮޑިތަކާއި، މޭޒުތައް ފޮޅާސާފުކުރުމާއި ތަރުތީބުކުރުން.
- ކޯޓަށް ޙާޟިރު ކުރަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރުތައް ރައްދުކުރުން.
- އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައް ކޯޓުން އަންގާގޮތެއްގެ މަތިން ރައްދުކުރުން.
- ފާޚާނާތައް ކޮންމެ ދުވަހަކުވެސް ދޮވެ ސާފުކުރުމާއި، އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުން.
- ހަމަޖެހިފައިވާ އުސޫލުގެ މަތިން ޝަރީޢަތުގެ މަޖިލީހާއި ވެރިންގެ ކޮޓަރިތަކުގެ ފަރުނީޗަރތައް ޕޮލިޝްކުރުން.
- ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުމާއި ސައިކޮޓަރީގެ ޚިދުމަތްތައް ކޮންމެ ދުވަހަކުވެސް އިންތިޒާމްކޮށް މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަޑު ފަދަތަކެއްޗާއި ފަންކާތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ސާފުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
- ކޯޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި / ކޮފީ ތައްޔާރުކުރުން.
- ކޯޓުގެ ސްޓޮކަށް ތަކެތި ވެއްދުމުގައާއި ސްޓޮކުން ސެކްޝަންތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގައި ސްޓޮކް ބަލަހައްޓާ މުވައްޒަފަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކޯޓުގެ ފަރާތުން ކުރިއަށް ގެންދާ ޚާއްސަ އިވެންޓްތަކާއި މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
- ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ބޯޓަށް ނުވަތަ ދޯންޏަށް ނުވަތަ ލޯންޗަށް ނުވަތަ ފެރީއަށް އެރުވުމާއި، މާލެއިން ނުވަތަ އެހެން ރަށަކުން ކޯޓަށް ފޮނުވާތަކެތި، ބޯޓުން ނުވަތަ ދޯނިން ނުވަތަ ލޯންޗުން ނަގައިގެން ކޯޓަށް ގެނައުން.
- ޑިޕާޓްމަންޓުންނާއި އެކިރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބޯޓުން ނުވަތަ ދޯނިން ނުވަތަ ލޯންޗުން ނުވަތަ ފެރީން ބާލައި ކޯޓަށް ގެނައުން.
- ކޯޓަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތް ކުރުން.
- ޝަރީޢަތަށް މީހުން ވެއްދުމުގެ މަސައްކަތަށް އެހީތެރިވުން.
- ކޯޓުގެ އިމާރާތުގެ ގޯތިތެރޭގައި ގަސްއިންދައި، އެގަސްގަހަށް ފެންދީ ގަސްހައްދައި ބެލެހެއްޓުން.
- ކޯޓުގެ ތަންތަނާއި ތަކެތީގެ ކުދިކުދި މަރާމާތުތައް ކުރުން.
- ކޯޓުގައި ހުންނަ ޝަރުޢީ ދާއިރާގެ ދިދައާއި ޤައުމީ ދިދަ އާބާތުރަ ފިލުވައި ބެލެހެއްޓުން.
- ކޯޓުން ގަނެފައިވާ ތަކެތި އެތަންތަނުން ގެނެސްދިނުން.
- ކޯޓުގެ ޕްރޮކިއުމަންޓާ ގުޅިގެން ތަންތަނަށް ޒިޔާރަތްކޮށް އަގުބެލުމާއި މުދަލާއި ޚިދުމަތް ހޯދުމުގައި ޙަރަކާތްތެރިވުން އަދި އެކަމާ ގުޅިގެން ރައްދުކުރަންޖެހޭ އެންމެހާ ލިޔެކިޔުން ރައްދުކުރުން
- ލިޔެކިޔުންތައް ފައިލް ކުރުމަށް މުވައްޒަފުންނަށް އެހީތެރިވުން.
- މީގެ އިތުރުންވެސް ޤާނޫނާ ޤަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެއްމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަން ކިޔަން އެނގުން. ނުވަތަ
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
އެހެނިހެން ޝަރުޠުތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛
2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛
2.4. ދަރިން (ކާފަ ދަރިންނާއި މާމަ ދަރިން އަދި ދޮންދަރިން ވެސް ހިމެނޭގޮތަށް)؛
2.5. އަނބިމީހާ ނުވަތަ ފިރިމީހާ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ފެމިލީ ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.)
https://gdh-vaadhoo.courts.gov.mv/downloads
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
|
މާރކްސް
|
|
އަސާސީ ޝަރުޠު ހަމަވުން
|
50
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އިންޓަރވިއު
|
40
|
|
ޖުމްލަ
|
100
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2026 މޭ 01 އާއި 2026 މޭ 30 އާ ދެމެދު، ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ މިކޯޓުން ކަނޑައަޅާ ތަނެއްގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840051 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.
|