ދިވެހިރާއްޖެ
އެވިޑް ކޮލެޖުން ދެއްވާ ކޯސްފީ ހިލޭ ސްކޮލަރޝިޕް |
|||||
މިއީ އެވިޑް ކޮލެޖްގެ ޚިދުމަތްތަކަށް 10 އަހަރު ފުރުމާ ގުޅިގެން ސަރުކާރުން ތަޢުލީމީ ދާއިރާގެ ކަންކަން ރަނގަޅުކޮށް ސްކޫލްތަކުގައި މިހާރު ޚިދުމަތުގައި ތިއްބެވި ޓީޗަރުންނަކީ ޢިލްމީގޮތުން ޤާބިލު ބަޔަކަށް ހެދުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުމުގެ ގޮތުން އެކޮލެޖުން ދެއްވާފައިވާ ފުރުޞަތުތަކެކެވެ. |
|||||
ކޯސް ހިންގާ ތަން: އެވިޑްކޮލެޖް، މާލެ |
ފުރުސަތުގެ އަދަދު: 2 |
ޤައުމު: ދިވެހިރާއްޖެ |
މާސްޓަރސް ޑިގްރީ |
ކޯހުގެ ލެވެލް: |
|
1 އަހަރު (1 ޖަނަވަރީ 2016 އިން 31 ޑިސެންބަރު 2016 އަށް) |
ކޯހުގެ މުއްދަތު |
||||
މާސްޓަރ އޮފް އެޑިޔުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް |
ކޯހުގެ ދާއިރާ |
||||
1. އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ސެޓްފިކެޓެއް އޮތުން. 2. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ ޓީޗަރެއްކަމުގައިވުން. މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ. 3. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނު ފަހުން ތިރީގައިވާ މުއްދަތަށް 31 ޑިސެންބަރު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތް ކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި 4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ. |
ކޯހުގެ ޝަރުޠުތައް: |
||||
|
އިތުރު މަޢުލޫމާތު: |
||||
|
ހުށަހަޅަންޖެހޭ ތަކެތި: |
||||
ސުންގަޑި: 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
|||||
ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341325 އިން ލިބިވަޑައިގަންނަވާނެއެވެ. |