އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިއުލާން ނަންބަރު: (IUL)460-AF/460/2025/9 އަށް ވަޒީފާއަށް ކުރިމަތިލީ މަދު ފަރާތްތަކެއް ކަމުން އަލުން އެ މަޤާމުގެ ޝަރުތުތަކަށް ބަދަލު ގެނެސް ވަޒީފާއަށް ކުރިމަލުމަށް ހުޅުވާލުން. 

މަޤާމުގެ ރޭންކް:

އީ.އެކްސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް އެފެއާޒް

ފެންވަރު ނުވަތަ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގެ 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ނުވަތަ 8  ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  ޤާނޫނީ ދާއިރާގެ 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

މައިގަނޑު މަސްއޫލިއްޔަތު:

  1. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓް ގެ މަސައްކަތްތައް ރާވައި ހިންގުން.
  2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ ލަފާގެ މަތިން އަވަސްމިނެއްގައި މައްސަލަތައް ބެލުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  3. ލީގަލް ޑިޕާޓްމަންޓްގެ އެންމެ އިސް ރޯލު އަދާ ކުރާ މުވައްޒަފުގެ ހައިސިއްޔަތުން، މައްސަލަތަކާ ގުޅިގެން  މުވައްޒަފުންނަށް ދޭޏްޖެހޭ ލަފާއާއި އިރުޝާދު ދީ އަދި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތުގެ މަގު ދައްކައިދީ، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން މައްސަލަތައް ނިންމުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  4. ބަލަމުންދާ މައްސަލަ ތަކުގެ މައުލޫމާތު އަދާ ހަމަކޮށް ބެލެހެއްޓުން.
  5. މައްސަލަތަކުގައި ނިންމާ ނިންމުންތަކުގެ ކޭސް ލޯ މެނޭޖްކޮށް، ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްބާވަތެއްގެ މައްސަލަތަކުގައި ކުރިން ނިންމާފައިވާ ނިންމުންތަކުގެ ރެކޯޑް މެނޭޖްކޮށް ބެލެހެއްޓުން.
  6. އިދާރާތަކަށް ހުށަހެޅޭ އާރ.ޓީ.އައި އާ ގުޅިގެން އިދާރާތަކަށް ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން.
  7. ކޮމިޝަނަރުގެ ނިންމުންތައް ތަންފީޒުނުކޮށް އަދި އިސްތިއުނާފު ނުކުރާ ހާލަތުގައި އެފަދަ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކުރަންޖެހޭ މަސައްކަތް ކުރުން.
  8. ހުށަހެޅޭ މައްސަލަތަކާ ގުޅިގެންނާއި އަދި ޤާނޫނީ ކަންކަމުގައި  އިންފޮމޭޝަންކޮމިޝަނަރަށް ލަފާދިނުން.
  9. ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްގައި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ވަކާލާތުކުރުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  10. އޮފީހުގެ ފަރާތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އެއްބަސްވުންތަކާއި ގައިޑްލައިންތައް ހެދުމުގައި އެހީތެރިވުން.   
  11. އަދި މިނޫންވެސް އިންފޮމޭޝން ކޮމިޝަނަރުގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތައްކުރުމާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  -  ތަޢުލީމާއި ތަމްރީނު

  -  މަސައްކަތު ތަޖުރިބާ

  -  އިންޓަރވިޔު

  -  ޕްރެޒެންޓޭޝަން

މުސާރައާއި އެލަވަންސް

  -  އަސާސީ މުސާރަ: (މަހަކު) -/11,500 ރުފިޔާ.

  -  ސަރވިސް އެލަވަންސް: (މަހަކު) -/5,500 ރުފިޔާ

  -  އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

  -  ފޯނު އެލަވަންސް: (މަހަކު) 250.00 ރުފިޔާ

  -  އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  -  ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

  -  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

  -  ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:

28 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް  [email protected]އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

 

20 އޭޕްރިލް 2026
ހޯދާ