ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހާއި ގުޅޭ

ހދ ކުމުންދޫގައި ގާއިމު ކުރެވިފައިވާ ދިރާގު އެންޓަނާގެ އިރުމަތި ފަރާތުގައި ކައުންސިލުން އޮރެންޖު ކުލައިގެ ދަވާދުން ސުމާރު ނަންބަރު އަދި ފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތަށް ހޯދުމަށް ބޭނުންވެއެވެ. ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އެހެންކަމުން މި ރުއްގަހުގެ ވެރިން ރަސްމީ 7 ދުވަހުގެ ތެރޭގައި މި ކައުންސިލަށް ޙާޟިރުވެ ރުއްގަހު ބަދަލު ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯމެއް މި ކައުންސިލުން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމަވެ. އަދި މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ކައުންސިލުން ސުމާރު ނަންބަރު އަދި ފާހަގަ ޖަހާފައިވާ އެއްވެސް ރުކުއް އަދި ގަހެއް ކަނޑާނަމަ ރުއްގަހުގެ ވެރިފަރާތުން އެކަން ކައުންސިލަށް އެންގުމަށް ދަންނަވަމެވެ. މުއްދަތު ހަމަވުމަށްފަހު ބަދަލަށް އެދި ހުށަނާޅާ އަދި ނުނަގާ ހުރި ގަހަކަށް މި ކައުންސިލުން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ. ރުއްގަހުގެ ބަދަލަށް އެދޭއިރު އެދޭނީ އެސަރަހައްދުގައި ކައުންސިލުން ސުމާރު ނަންބަރު ޖަހާފައިވާ ރުއް އަދި ބަނބުކެޔޮގަހަށް އެކަނިކަމުގައި ދަންނަވަމެވެ. ފަތްކޮޔޮ، އަދި އަލަ ފަދަ ގަސްގަހަށް މި ކައުންސިލުން ބަދަލު ނުދޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ 29 އޭޕްރިލް 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން، މަތީގައި ދެންނެވިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ކައުންސިލަށް ޙާޟިރުވެ ރުއްގަހުގެ ބަދަލު ފޯމު ހުށަހެޅުމަށްއެދެމެވެ. ރުއްގަހުގެ ބަދަލަށް އެދޭ ފޯމު މި ކައުންސިލްގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ.

20 އޭޕްރިލް 2026
ހޯދާ