ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިއުލާން

ވަޒީފާގެ ފުރުޞަތު:

މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިމެނޭ ތިރީގައިވާ ޔޫތު ނެޝަނަލް ޓީމް ކޯޗުން ބޭނުން ވެއްޖެއެވެ.

މުސާރަ: ދެފަރާތް މަޝްވަރާކުރުމަށްފަހު އެއްބަސްވާ މުސާރައެއް.

* އަންޑަރ 14 ނެޝަނަލް ޓީމް.        * އަންޑަރ 16 ނެޝަނަލް ޓީމް.             * އަންޑަރ 19 ނެޝަނަލް ޓީމް. 

1- ހެޑް ކޯޗް.                     1- ހެޑް ކޯޗް.                     1- ހެޑް ކޯޗް.

2- އެސިސްޓެންޓް ކޯޗް.                2- އެސިސްޓެންޓް ކޯޗް.                2- އެސިސްޓެންޓް ކޯޗް.

3- ގޯލް ކީޕަރ ކޯޗް.                  3- ގޯލް ކީޕަރ ކޯޗް.                 3- ގޯލް ކީޕަރ ކޯޗް.

މިގޮތުން މި ޓީމްތަކަށް ހޮވޭ ކޯޗުންނަކީ،  2016 ވަނަ އަހަރު އެ ޓީމްތައް ކުޅެންޖެހޭ އެކިއެކި މުބާރާތްތަކަށް ޓީމް ތައްޔާރުކުރުމަށްޓަކައި ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ކޯޗުންނެވެ. މި މަޤާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހުންނަންވާނެއެވެ.   

1- ދިވެއްސަކަށްވުން.  

2- ހެޑް ކޯޗުން، ދަށްވެގެން އޭ. އެފް. ސީ "ބީ" ސެޓިފިކެޓް ހާސިލުކޮށްފައިވުން. ހެޑް ކޯޗުން، ދަށްވެގެން އޭ. އެފް. ސީ "ސީ" ސެޓިފިކެޓް ހާސިލުކޮށްފައިވުން. ގޯލް ކީޕަރު ކޯޗުން، ގޯލްކީޕިންގ ސެޓިފިކެޓް ހާސިލުކޮށްފައިވުން ނުވަތަ އެފް. އޭ. އެމް. އިން ރާވައި ހިންގާ މުބާރާތްތަކުގައި ގޯލް ކީޕަރު ކޯޗެއްގޮތުގައި އެކްޓިވްކޮށް މަސައްކަތްކުރާތާ މަދުވެގެން 2 އަހަރުދުވަސްވުން.

3- ވޭތިވިޔެ 2 އަހަރުދުވަހު އެފް. އޭ. އެމް. އިން އިންތިޒާމްކޮށް ހިންގާފައިވާ އެކިއެކި މުބާރާތްތަކުގައި ކޯޗް ކޮށްދީފައިވުން.  

4- ޔޫތް ފުޓްބޯޅަ ޓީމްތައް ތަމްރީންކުރުމުގެ ޝައުޤު ހުރުން.  

މަތީގައިވާ ޝަރުޠުތައް ފުރިހަމަކޮށް، 2016 ޖަނަވަރީ 20 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އެފަރާތެއްގެ ވަނަވަރާއި، ޝަރުޠުތައް ހަމަވާކަން ދޭހަވާ ލިޔުންތަކާއެކު، އެފް. އޭ. އެމް. އަށް ހަށަހެޅުން އެދެމެވެ.   

13 ރަބީޢުލްއައްޥަލް 1437

24 ޑިސެންބަރު 2015
ހޯދާ