ދިވެހިރާއްޖެ
|
އިމާމް ޕޫލް އެކުލަވާލުމަށް
|
|
|
ތިނަދޫ ސިޓީ މިސްކިތްތަކުގެ އިމާމުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި އިމާމުން ހަމަޖެއްސުމަށް ވޭޖު އެމްޕްލޯއިމަންޓް އުޞޫލުން މިހާރު އެކުލަވާފައިވާ އިމާމް ޕޫލް ބާޠިލުކޮށް، އަލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ. |
|
|
މަޤާމު: |
އިމާމް / މުދިމު |
|
މަޤާމުގެ ގިންތި އާއި މުއްދަތު |
ވަގުތީ ( 1 އަހަރު ) |
|
މަސައްކަތުގެ ޝަރުޠު: |
އިމާމްވެ ނަމާދުކުރަން އެނގޭ އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުޢާން ކިޔަވަން އެނގޭ މީހަކަށްވުން. |
|
މަސައްކަތުގެ އުޖޫރަ: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ސަނަދެއް އޮތްބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް 61.00 (ފަސްދޮޅަސް އެއް) ރުފިޔާގެ ރޭޓުން. - މަސައްކަތާ ގުޅޭ ދާއިރާއަކުން ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް 53.00 (ފަންސާސް ތިން) ރުފިޔާގެ ރޭޓުން. |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ތިނަދޫ ސިޓީ ކައުންސިލް އިދާރާ ، އިކޮނޮމިކް ޑެވެލޮޕްމެންޓް ސެކްޝަނުގެ މިސްކިތު މުވައްޒަފުންގެ ގޮތުގައި އަދި ސެކްޝަނުން ހަވާލުކުރާ ކޮންމެ މިސްކިތަކާއި ޙަވާލުވެ އެ މިސްކިތުގާ އިމާމްވެ ނަމާދުކުރުން. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް. (ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަ ނުވާ އައިޑީކާޑުގެ ކޮޕީ ( ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް) 4- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 5- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ 6- ޕޮލިސް ރިޕޯޓް. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އެޕްރީލް 2026 ގެ 13:30 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަރވިއު (އެސެސްމަންޓް،އިމްތިޙާން ނުވަތަ ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،03 މެއި 2026 އާއި 07 މެއި 2026 އާއި ދެމެދު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841718 / 6841044 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
|
