މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް އަލުން ހުޅުވާލުން

  1.  ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު 

މިކުންފުނީގެ މެއިލް އޮޕަރޭޝަންގެ މަސައްކަތުގައި ބޭނުންކުރުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2026/52 (26 މާރިޗު 2026) އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މިދެންނެވި އިޢުލާން ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.

އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ 

ބީލަން ހުށަހެޅުން:

ތާރީޚް:

28 އޭޕްރީލް 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ހުޅުވޭ ސަރުކާރު ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

 2. ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 27 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 12:00ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009210
  • [email protected]
20 އޭޕްރިލް 2026
ހޯދާ