ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޖުޑީޝަލް ޕްރޮގްރާމް ކޯޑިނޭޓަރ

                                                                             ނަންބަރު:  IUL)146-A1/1/2026/8)

 

 

އިޢުލާނު

މަޤާމު:

ޖުޑީޝަލް ޕްރޮގްރާމް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އޮފިޝަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ކޯޓް / އެވެއަރނަސް ސެކްޝަން

މުސާރަ:

-/15،110 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/6،055 ރުފިޔާ
  • ހާޒިރީ އިނާޔާތް: (ހާޒިރުވާ ކޮންމެ ދުވަހަކަށް) -/180 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/225 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމާ ގުޅިގެން ކުރަންޖެހޭ ކަންކަން

  1. ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުވުމާއި ހަމަޖެހިފައިވާ އުސޫލުން ހުރިހާ އިންތިޒާމުތައް ފުރިހަމަކުރެވެމުންދާކަން ކަށަވަރުކުރުން.
  2. ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް މެޖިސްޓްރޭޓް ކޯޓުތަކާ ގުޅިގެން އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
  3. ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓް ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ތަޢާރަފުކޮށްދިނުމާއި ޕްރޮގްރާމާ ގުޅިގެން ޕްރޮގްރާމު ނިމުމުން ބައިވެރިންނަށް ދޭންޖެހޭ މުހިންމު މަޢުލޫމާތު ދިނުން.
  5. ލެކްޗަރާރއިންގެ ޑިއުޓީ ތާވަލު ތައްޔާރު ކުރުމާއި މީލާދީ ކޮންމެ މަހެއް ނިމުމުން  ލެކްޗަރާރއިންގެ އުޖޫރަ ދިނުމަށްޓަކައި ބަޖެޓް ސެކްޝަނަށް ލިޔެކިޔުންތައް ފޮނުވާކަން ޔަޤީންކުރުން.
  6. ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކާއި ޕްރޮގްރާމު ފުރިހަމަކުރާ ފަރާތްތަކާއި ޕްރޮގްރާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ މަޢުލޫމާތު ބަލަހައްޓަމުން ގެންދިއުން.
  7. ޕްރޮގްރާމުގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ކުރުމާއި  ޤަވާޢިދުން ލެކްޗަރާރއިންގެ ފެންވަރު ވަޒަންކުރަމުން ގެންދިއުން.
  8. ކޮންމެ ދުވަހަކުވެސް ޕްރޮގްރާމު ގެންދިއުމަށްޓަކައި ޕްރޮގްރާމް ހިންގާ ހޯލާއި އެންމެހައި އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
  9. ލެޗްޗަރާރއިންނަށް ޙާޟިރުނުވެވޭ ޙާލަތްތަކުގައި ސެޝަންތައް ނަގައިދިނުން.
  10. ޕްރޮގްރާމު ތަރައްޤީ ކުރުމަށްޓަކައި އައު ވިސްނުންތަކާއި އައު އީޖާދުތައް ހޯދައި ބައިވެރިން ޝައުޤުވެރިވާނެފަދަ ގޮތަކަށް ޕްރޮގްރާމު ބައްޓަން ކުރުން.
  11. ޒަމާނާ އެއްގޮތަށް ޕްރޮގްރާމު ހިންގުމަށްޓަކައި ޕްރޮގްރާމަށް ގެންނަންޖެހޭ މޮޑިފިކޭޝަންތައް ގެނައުމަށް ގުޅުންހުރި ފަރާތްތަކަށް ފަންނީ ގޮތުން އިރުޝާދު ދީ އެފަރާތްތަކާއެކު މަސައްކަތް ކުރުން.
  12. ލެކްޗަރާރއިންގެ އެހީތެރިކަމާއެކު، މުޖުތަމަޢުއަށް އަންނަމުންދާ ކުރިއެރުމާއި ބަދަލުވަމުންވާ ޙާލަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށްގެން ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ބޭނުންކުރަމުންދާ މެޓީރިއަލް މުރާޖަޢާކޮށް އަދާހަމަ ކުރަމުން ގެންދިއުން.
  13. ހޭލުންތެރިކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ކޯޓުގެ އިސްވެރިންނާއި މެނޭޖްމަންޓުން ދެއްވާ އިރުޝާދާ އެއްގޮތަށް ޕްރޮގްރާމުގެ ކަންކަން ބައްޓަން ކުރަމުން ގެންދިއުން.

މުޖުތަމަޢުގެ ޢާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން

  1. ކައިވެންޏާއި ވަރިއާއި ޒަވާޖީ ޙަޔާތާ ގުޅޭ މުހިންމު މައުޟޫޢުތަކުގެ މައްޗަށް އަތޮޅުތެރޭގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ރާވައި އިންތިޒާމުކޮށް ހިންގުން.
  2. ސްކޫލުތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށާއި ކޮލެޖު ޔުނިވާރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކައިވެންޏާއި ވަރިއާއި ޒަވާޖީ ޙަޔާތާ ގުޅޭ މުހިންމު މައުޟޫޢުތަކުގެ މައްޗަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ރާވައި އިންތިޒާމުކޮށް ހިންގުން.
  3. ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކާވެންޏާއި ވަރިއާއި ޒަވާޖީ ޙަޔާތާ ގުޅޭ މުހިންމު މައުޟޫޢުތަކުގެ މައްޗަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ރާވައި އިންތިޒާމުކޮށް ހިންގުން.
  4. ގުޅުންހުރި ސެކްޝަންތަކުގެ އެއްބާރުލުމާއެކު ކޯޓުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޝާއިޢުކުރުމަށްޓަކައި ކައިވެންޏާއި ވަރިއާއި ޒަވާޖީ ޙަޔާތާ ގުޅޭ މުހިންމު މައުޟޫޢުތަކުގެ މައްޗަށް ޢިލްމީ މަޢުލޫމާތު ތައްޔާރުކުރުން.
  5. ކައިވެންޏާއި ވަރިއާއި ޒަވާޖީ ޙަޔާތާ ގުޅޭ ގޮތުން އެހިނދަކަށް މުޖުތަމަޢުއަށް މުހިންމުކަމަށް ފެންނަ މައުޟޫޢުތައް ދެނެގަނެ އެފަދަ މައްސަލަތަކަށް އެޑްރެސްކޮށްގެން މަޢުލޫމާތު ތައްޔާރު ކުރުން.

ޢިލްމީ ގޮތުން ކުރަންޖެހޭ ކަންކަން

  1. ސްކޫލު ނުވަތަ ކޮލެޖް ނުވަތަ ޔުނިވާރސިޓީފަދަ ތަންތަނުގެ ދަރިވަރުން މި ކޯޓަށް ކުރާ ޢިލްމީ ޒިޔާރަތްތަކުގައި ކުރިއަށްގެންދާނެ ކަންކަން ރާވައި އެހެން ސެކްޝަންތަކާ ގުޅިގެން ވިލަރެސް ކުރުން.
  2. ކައިވެނި ކޮށްދިނުމާއި ވަރި ރަޖިސްޓްރީ ކޮށްދިނުމާ ގުޅޭ ތަފާސްހިސާބު ޤަވާޢިދުން ކަމާބެހޭ ސެކްޝަނަށް ފޯރުކޮށްދެމުންދާކަން ކަށަވަރު ކުރުން.
  3. ކައިވެންޏަށް ހޭލުންތެރި ކުރުމަށްޓަކައި ރޭޑިއޯ ޓީވީ އިން އިންތިޒާމުކުރާ ޕްރޮގްރާމުތަކުގެ ތެރެއިން ކޯޓަށް ދަޢުވަތު ލިބޭ ޕްރޮގްރާމުތަކުގައި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓު ތަމްސީލު ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

ޕަބްލިކް ޕޮލިސީ / ސޯޝަލް ޕޮލިސީ / ޕްރޮޖެކްޓް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ޝަރީޢާ / ލޯ

 

ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޝަރީޢާ
  • ލޯ

ގުޅޭ ވަޒީފާގެ ދާއިރާތައް

ޕަބްލިކް އެޑްމިނިސްޓްރޭޝަން / ސޯޝަލް ޕޮލިސީ / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕްރޮޖެކްޓް މެނޭޖްމަންޓް / މެނޭޖްމަންޓް

އެހެނިހެން ޝަރުޠު 

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް) ؛ ނުވަތަ

 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ފެމިލީ ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) www.familycourt.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން  (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާރކްސް

 

25

އަސާސީ ޝަރުޠު ހަމަވުން

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

15

އިމްތިހާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

30

އިންޓަރވިއު

100

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލް 28 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ، (2026 އެޕްރީލް 29 އިން 2026 މޭ 30) އާ ދެމެދު، ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ) ނުވަތަ މިކޯޓުން ކަނޑައަޅާ ތަނެއްގައެވެ.

އިންޓަރވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާފައިވާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ފެމިލީކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3340502 / 3340504) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

20 އޭޕްރިލް 2026
ހޯދާ