ދިވެހިރާއްޖެ
މިސްކޫލުގެ ސްޓާފް ރޫމަށް ކެބިން ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ (IUL)/945/2026/05 ނަންބަރ އިޢްލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްފާނުވާތީ، އަލުން އެފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަށް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، ދެންނެވިފައިވާ ތާރީޚަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
|
ތަފްސީލް |
ތާރީޚް / ދުވަސް |
ގަޑި |
ތަން/އެޑްރެސް |
|
ބީލަމުގައި ރަޖިސްޓްރީވުން |
23 އޭޕްރީލް 2026 ( ބުރާސްފަތި) |
12:00 ގެ ކުރިން |
ރަޖިސްޓްރޭޝަން ފޯމް ލިންކް: |
|
ސުވާލެއްވާނަމަ ފޮނުވުން |
27 އެޕްރީލް 2026 ( ހޯމަ ) |
12:00 ގެ ކުރިން |
|
|
ބީލަން ހުށަހެޅުމާ ހުޅުވުން |
30 އެޕްރީލް 2026 ( ބުރާސްފަތި) |
13:00 |
ހެނބަދޫ ސްކޫލް މީޓިން ރޫމް |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6560571 އާ ގުޅުއްވުން އެދެމެވެ.
