|
2026 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލްއިމްތިޙާނު ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.
|
|
ބޭނުންވާ އަދަދު:
|
|
ޗީފް އިންވިޖިލޭޓަރ
|
02
|
|
އިންވިޖިލޭޓަރ
|
20
|
|
|
ޝަރުޠު:
|
ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠުތައް:
- ޗީފް އިންވިޖިލޭޓަރ ކަމުގެ ތަމްރީން ފުރިހަމަ ކޮށްފައިވުން (ހަމައެކަނި ޗީފް އިންވިޖިލޭޓަރުންނަށް)
- ދިވެހި ރައްޔިތަކަށް ވުން
- ޖީސީއީ އޯލެވެލް ފެންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.
- އެމީހަކު ޗީފް އިންވިޖިލޭޓަރުކަން ނުވަތަ އިންވިޖިލޭޓަރުކަންކުރާ އިމްތިޙާންގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
- އެމީހަކު ޗީފް އިންވިޖިލޭޓަރުކަން ނުވަތަ އިންވިޖިލޭޓަރުކަންކުރާ އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ ، އަނބިމީހާ، ފިރިމީހާ ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް، މާމަ ކާފަ ދަރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް، އެއްބަނޑު /އެއްބަފާ / އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް އަދި ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް ކަމުގައި ނުވުން.
|
|
މަސްޢޫލިއްޔަތު:
|
އިމްތިހާން އޮންނަ ގަޑިތަކުގައި ޗީފް އިންވިޖިލޭޓަރ ، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އިމްތިޙާން ހޯލް ބެލެހެއްޓުމާއި އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް، ކަނޑައެޅިފައިވާ އުސޫލު ތަކާއި އެއްގޮތަށް ޑީޕީއީ އިން އަންގާގޮތެއްގެ މަތިން ކުރުން
|
|
އުޖޫރަ
|
1. ޗީފް އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް -/300 ރ ( ތިންސަތޭކަ ) ރުފިޔާ
2. އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް -/200 ރ ( ދުއިސައްތަ) ރުފިޔާ
|
|
މަސައްކަތް ކުރިއަށް ދާނެ މަސްތައް:
|
2026 މެއި 05 އިން ޖޫން 12 ގެ ނިޔަލަށް
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗީފް އިންވިޖިލޭޓުކަން / އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯމު
- ތަޢުލީމީ ރޮނގުން ލިބިފައިވާ އެންމެ މަތީ ސެޓިފިކެޓްގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
|
|
ސުންގަޑި:
|
2026 އޭޕްރީލް 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން
|
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (އިއްޒުއްދީން ބިލްޑިންގ، ފަޅުމަތީމަގު، މާލެ) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- މިކަމާ ގުޅޭ ފޯމުތައް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 3041313 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|