ދިވެހިރާއްޖެ
އިޢުލާނު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ( ނ ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ 4 މަހުން 1 ފަހަރު ރައްޔިތުންނާއެކު ބާއްވަންޖެހޭ މިއަހަރުގެ ފުރަތަމަ ބައްދަލުވުން މިހިނގާ އެޕްރީލް މަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
1- ކައުންސިލުން ނިންމަންޖެހޭ ބައެއް ނިންމުންތައް ނިންމުމަށް ރައްޔިތުންގެ މަޝްވަރާ އާއި ޚިޔާލު ހޯދުން.
2- ކައުންސިލުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން ރައްޔިތުންނަށް މަޢުލޫމާތު ދިނުން.
މި ބައްދަލުވުން އޮންނާނީ 28 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ރަތްމަންދޫ ކައުންސިލްއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
ވީމާ، މިބައްދަލުވުމަށް ރައްޔިތު ފިރިހެނުންނާއި، އަންހެނުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
02 ޛުލްޤަޢިދާ 1447
