ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް މޮޑިފައިޑް ޕޭޕަރު އަދި އެކްސެސް އެރޭންޖްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލުން.

2026 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި މި ޑިޕާޓްމަންޓް މެދުވެރިކޮށް ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެކްސެސް އެރޭންޖްމަންޓް އަދި މޮޑިފައިޑް ޕޭޕަރަށް އެދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މި ޑިޕާޓްމަންޓުގެ އީމެއިލަށް ([email protected]) ސިޓީ އާއިއެކު މެޑިކަލް ލިޔެކިޔުންތައް ފޮނުވުން އެދެމެވެ. އެކްސެސް އެރޭންޖްމަންޓަށް އެދިލައްވާއިރު، ބޭނުންވާ އެކްސެސް އެރޭންޖްމަންޓް އަދި މޮޑިފައިޑް ޕޭޕަރުގެ ބާވަތް ހިމެނުން އެދެމެވެ. އަދި މިތަކެތި ފޮނުވުމުގައި ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑިތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.

  • ކެމްބްރިޖުގެ މާއްދާތަކުގެ މޮޑިފައިޑް ޕޭޕަރަށް އެދުމުގެ ސުންގަޑި: 2026 އޭޕްރީލް 29 ވާ ބުދަ ދުވަހުގެ މެންދުރު 12:00އަށް.
  • ކެމްބްރިޖުގެ މާއްދާތަކުގެ އެކްސެސް އެރޭންޖްމަންޓަށް އެދުމުގެ ސުންގަޑި: 2026 ޖޫން 11 ވާ  ބުރާސްފަތި  ދުވަހުގެ މެންދުރު 12:00އަށް.
  • އެސް.އެސް.ސީ މާއްދާތަކުގެ މޮޑިފައިޑް ޕޭޕަރު އަދި އެކްސެސް އެރޭންޖްމަންޓަށް އެދުމުގެ ސުންގަޑި: 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އަށް.

* އެސް.އެސް.ސީ މާއްދާތަކުގެ މޮޑިފައިޑް ޕޭޕަރު އަދި އެކްސެސް އެރޭންޖްމަންޓަށް އެދޭ ފޯމު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

19 އޭޕްރިލް 2026
ހޯދާ