މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
އަށް ރަށެއްގު ފުޓް ބޯޅަ ދަނޑު ތަރައްގީ ކުރުމުގެ އިއުލާނަށް އިސްލާހުގެނެވިފައި

 ބިޑު ހުށަހެޅުމުގެ ދަޢުވަތު

 

1

1. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2026/55 (29 މާރިޗު 2026) އިޢުލާނު ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފީމެވެ.

ޕްރޮކިއުމަންޓު ނަންބަރު

ޕްރޮކިއުމަންޓުގެ ނަން

ބިޑް ސެކިޔުރިޓީ ޢަދަދު ދިވެހި ރުފިޔާއިން

ބައިވެރިވެވޭ އެން.ސީ.އާރ ގުރޭޑުތައް

TES/2025/W-133-R01

ބ.ގޮއިދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

56,000.00ރ

GC01-1 to GC01-7

TES/2025/W-137-R01

ފ.މަގޫދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

44,000.00ރ

GC01-4 to GC01-7

TES/2025/W-139-R01

ތ.ގުރައިދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

44,000.00ރ

GC01-4 to GC01-7

TES/2025/W-141-R01

ގއ.މާމެންދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

56,000.00ރ

GC01-1 to GC01-7

TES/2025/W-142-R01

ގއ.ނިލަންދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

56,000.00ރ

GC01-1 to GC01-7

TES/2025/W-144-R01

ހއ.ކެލާ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

56,000.00ރ

GC01-1 to GC01-7

TES/2025/W-145-R01

ގދ.މަޑަވެލި ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

56,000.00ރ

GC01-1 to GC01-7

TES/2025/W-154-R01

އއ.ފެރިދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް

37,000.00ރ

GC01-4 to GC01-7

 

2. މި ބީލަންތަށް ކުރިއަށްގެންދާނީ ތިރީގައިވާ ބަޔާންކޮށްފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށެވެ.

  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"
  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ  "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު"
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"

3. މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023)  އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  500/- ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ  30 މާރިޗު 2026 އިން 26 އެޕްރީލް 2026 އަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން  31 މާރިޗު 2026 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ކޮންމެ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

7. މި ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 އެޕްރީލް އެޕްރީލް 2026ވާ އަންގާރަ ދުވަހުގެ 13:00:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. މިޕްރޮޖެކްޓުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 28 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 13:00:00ގެ  ކުރިންނެވެ. އަދި މިޕްރޮޖެކްޓުތަކުގެ ބިޑު ހުޅުވުން އޮންނާނީ  29 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00:00 ގައެވެ.

9. ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން(https://beelan.finance.gov.mv/) ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    :  3349147 960+ ,3349106 960+ ,3349319 960+

އީމެއިލް   : [email protected]

ކޮޕީ    : [email protected]

16 އޭޕްރިލް 2026
ހޯދާ