ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް "ޢީދު ކޮމެޓީ" އެކުލަވާލުމާ ގުޅޭ

އިޢުލާން

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް "ޢީދު ކޮމެޓީ" އެކުލަވާލުމާ ގުޅޭ

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން، ޢީދުގެ ކަންކަން ރާވައި ހިންގުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާނެ "ޢީދު ކޮމެޓީ" އެއް އެކުލަވާލުމަށް ބޭނުންވެއެވެ.

މި ކޮމެޓީގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  22 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މި އިދާރާގެ ނަންބަރު: 6780031 ފޯނާ ގުޅުއްވައި ނަން ނޯޓުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                   28 ޝައްވާލު 1447ހ

16 އޭޕްރިލް 2026
ހޯދާ