ދިވެހިރާއްޖެ
Thai International Postgraduate Program 2016 (TIPP) |
|||
ޤައުމު: ތައިލެންޑް |
މާސްޓަރސް ޑިގްރީ |
ކޯހުގެ ފެންވަރު: |
|
ކޮންމެ ކޯހަކުން 1 ނުވަތަ 2 ފުރުޞަތު |
ކޯހުގެ އަދަދު |
||
މާސްޓަރ އޮފް ރޫރަލް ޑިވެލޮޕްމަންޓް މެނޭޖްމަންޓް (1 އަހަރާ 3 މަސް) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެގްރިކަލްޗަރ (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ސަސްޓެއިނަބަލް އެގްރިކަލްޗަރ (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެގްރިކަލްޗަރަލް އެންޑް ރިސޯސް އިކޮނޮމިކްސް (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ބަޔޯސައިންސް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ (2 އަހަރު) މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ސައިންސް (ޑިވެލޮޕްމަންޓް ސްޓަޑީސް) (2 އަހަރު) މާސްޓަރ ޑިގްރީ އިން އެންވަޔަރަމެންޓަލް ސައިންސް (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ރެނިއުވަބަލް އެނާޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެގްރިކަލްޗަރަލް ބަޔޯޓެކްނޮލޮޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެންވައިރަމެންޓަލް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން އެންވަޔަރަމެންޓަލް ބަޔޮލޮޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ޓެކްނޮލޮޖީ މެނޭޖްމަންޓް އޮފް އެގްރިކަލްޗަރަލް ޕްރޮޑިއުސަސް (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެޕިޑަމޮލޮޖީ (2 އަހަރު) މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ޕަބްލިކް ހެލްތް ސައިންސް (1 އަހަރު) މާސްޓަރ އޮފް ސައިންސް އިން ބަޔޮމެޑިކަލް ސައިންސް (2 އަހަރު) މާސްޓަރ އޮފް ޕަބްލިކް ހެލްތު (ގްލޯބަލް ހެލްތު) (1 އަހަރު) މާސްޓަރ އޮފް ސައިންސް އިން އިނޮވޭޓިވް ހެލްތުކެއަރ މެނޭޖްމަންޓް (2 އަހަރު) މާސްޓަރ އޮފް ސައިންސް އިން ސާރވިސް އިނޮވޭޝަން ޕްރޮގްރާމް (2 އަހަރު) މާސްޓަރ އޮފް އާޓްސް އިން ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ސްޓަޑީސް (2 އަހަރު) |
ކޯހުގެ ދާއިރާ އަދި މުއްދަތު |
||
1. ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޑްކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ. އަދި 2. 14 ޖަނަވަރީ 2016 އަށް އުމުރުން 45 އަހަރު ފުރިފައި ނުވުން. އަދި 3. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާ ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. އަދި 4. މީގެ އިތުރުން ކޯހާ ގުޅޭގޮތުން މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައިވާ ކޯހާ ގުޅޭ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ. މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ. 5. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 14 ޖަނަވަރީ 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި 6. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެވެ. |
ކޯހުގެ ޝަރުޠު: |
||
|
އިތުރު މަޢުލޫމާތު: |
||
|
ހުށަހަޅަންޖެހޭ ތަކެތި: |
||
ސުންގަޑި: 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
|||
ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341380 އިން ލިބިވަޑައިގަންނަވާނެއެވެ. |