ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
1. ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް އޮޕަރޭޝަންސް
މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)
ޖާގަ: 30 (ޖުމުލަ)
ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ދ. ކުޑަހުވަދޫ، ބްލޮކް މޯޑް
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:
ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ
ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
2. ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް
މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)
ޖާގަ: 30
ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ދ. ކުޑަހުވަދޫ، ބްލޮކް މޯޑް
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:
ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ
ށ. އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
ނ. ގްރޭޑް 10 ނިންމާފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ
ރ. އުމުރުން 16 އަހަރު ފުރިހަމަވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ
ބ. އުމުރުން 18 އަހަރު ފުރިހަމަވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.