ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް)
މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)
ޖާގަ: 60
ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ހދ. ކުޅުދުއްފުށި، ބްލޮކް މޯޑް (30 ޖާގަ)، ގދ.ތިނަދޫ، ބްލޮކްމޯޑް (30 ޖާގަ)
ތަޢާރުފު:
މި ކޯހަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ކޯހެކެވެ. ކޯހުގެ ބައިތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ރޭވިފައިވާ ގޮތް އުނގަންނައިދިނުމާއި މި ދާއިރާގެ ޢަމަލީ ތަޖުރިބާ ހިމެނިފައިވާތީ، މި ކޯސް ފުރިހަމަ ކުރާ ފަރާތްތައް ވެގެންދާނީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް އަހުލުވެރިވެފައިވާ ބަޔަކަށެވެ.
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:
ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ
ށ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ
ނ. އޯލެވެލް 3 މާއްދާއިން ފާސްވެފައިވުމާއެކު 3 އަހަރު ދުވަހުގެ ތަޖްރިބާ މި ދާއިރާއިން ލިބިފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ
ރ. އެމް.ކިއު.އޭ ގަބޫލު ކުރާ މަރުކަޒަކުން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ޙާޞިލް ކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ
ބ. ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކޮށްފައިވުން. އަދި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އާއި އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ
ޅ. އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އިން ލޯ ފުރިހަމަ ކޮށްފައިވުން. ނުވަތަ
ކ. ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ފުރިހަމަ ކޮށްފައިވުން. ނުވަތަ
އ. ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ
ވ.އެމް.ކިއު.އޭ ގަބޫލު ކުރާ މަރުކަޒަކުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ ޓޮފްލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލްއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ ދިވެހި މީޑިއަމުން ނޫންނަމަ އެސް.އެސް.ސީ ދިވެހިން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ ދިވެހި ބަހުގެ ޓެސްޓުން ފާސްވެފައިވުން.