|
މަގާމު:
|
ކޮމިއުނިކޭޝަންސް އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
ވަޒީފާގެ ބޭނުން:
|
މި އޮފީހުން ކުރާ މަސައްކަތްތަކުގެ ވިސިބިލިޓީ އިތުރުކުރުމާއި، ކުޑަކުދިންގެ ހައްޤުތަކާ ގުޅޭގޮތުން ކުރާ މަސައްކަތްތަކާއި ނެރޭ ރިޕޯޓުތަކާ ގުޅޭ މައުލޫމާތު އަދި މި ނޫންވެސް ގުޅުންހުރި މަޢުލޫމާތު މީޑިއާ، ސޯޝަލް މީޑިއާ، އަދި އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުން.
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
MS1
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް
|
|
މުސާރަ:
|
-/9،483ރ
|
|
އެހެނިހެން އެލްވަންސްތައް:
|
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް
|
|
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
|
އެޑިޔުކޭޝަން އެންޑް ޗައިލްޑް ޕާޓިސިޕޭޝަން ޑިޕާރޓްމަންޓް /ކޮމިއުނިކޭޝަންސް ސެކްޝަން
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް
- ކޮމިއުނިކޭޝަން
- މާކެޓިންގ
- އެޑްވަޓައިޒިންގ އެންޑް ޑިސައިންނިންގ
- ގްރެފިކް ޑިސައިންނިންގ
|
|
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
|
- މި މަސައްކަތްކުރުމަށް ބޭނުންވާ ސޮފްޓްވެއަރ (މިސާލަކަށް: އެޑޯބް އިލަސްޓްރޭޓަރ، އެޑޯބް ފޮޓޯޝޮޕް، އެޑޯބް އިންޑިޒައިން) ބޭނުންކުރުމަށް ޤާބިލު ފަރާތެއްކަމުގައިވުން؛
- ގްރެފިކް ޑިޒައިންކުރުމުގެ އުސޫލުތައް ދަންނަ ޑިޒައިންކުރުމުގެ ހުނަރު ހުރި ފަރާތެއްކަމުގައިވުން؛
- ދޭން ބޭނުންވާ މެސެޖްތައް ކުރެހުމުގެ ޒަރީއާއިން، ގުޅޭގޮތަށް އެކިއެކި މަންޒަރުތައް ބޭނުންކޮށްގެން ވާހަކައެއްގެ ސިފައިގައި ގެނެސްދެން އެނގޭނެ ފަރާތެއްކަމުގައިވުން؛
- ދޭން ބޭނުންވާ މެސެޖްތައް ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރު ވީޑިއޯގެ ސިފައިގައި ތައްޔާރުކުރަން ދަންނަ ފަރާތެއްކަމުގައިވުން؛
- ކުރެހުމުގެ ހުނަރާއި ކުލަ ރަގަޅަށް ބޭނުންކުރަން އެނގުން؛
- އާންމުންގެ ސަމާލުކަން ލިބޭނެފަދަ "ކްރިއޭޓިވް" އަދި "އޮރިޖިނަލް" މަސައްކަތްތަކެއް ކުރެވޭނެ ފަރާތެއްކަމުގައިވުން؛
- ވިސްނުންތެރިކަމާއެކު ތަފްސީލުތަކަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާ ފަރާތެއްކަމުގައިވުން؛
- މަސައްކަތް ނިންމަން ޖެހޭ ސުންގަޑިއަށް މަސައްކަތްތައް ނިންމޭނެ ފަރާތެއް ކަމުގައިވުން؛
- ރަގަޅަށް މުޢާމަލާތް ކުރެވޭ ފަރާތެއްކަމުގައިވުން؛
- ސޯޝަލް މީޑިއާގެ އެކި މަންސަތަކަށް ފަރިތަ ފަރާތަކަށްވުން؛
- މީޑިއާއާއެކު މަސައްކަތްކުރެވޭނެ ފަރާތަކަށްވުން؛
- ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުހުރި ފަރާތަކަށްވުން؛
- މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން؛
- ސިއްރު ހިފެހެއްޓުން؛
- ދަތުރުފަތުކުރެވޭނެ ފަރާތަކަށްވުން؛
- އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން؛
- މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން؛
- ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން؛
- މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- މި އޮފީހުން ކުރާ މަސައްކަތްތަކުގެ ވިސިބިލިޓީ އިތުރުކުރުމާއި، ކުޑަކުދިންގެ ހައްޤުތަކާ ގުޅޭގޮތުން ކުރާ މަސައްކަތްތަކާއި ނެރޭ ރިޕޯޓުތަކާ ގުޅޭ މައުލޫމާތު އަދި މި ނޫންވެސް ގުޅުންހުރި މަޢުލޫމާތު މީޑިއާ، ސޯޝަލް މީޑިއާ، އަދި އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް.
- މި އޮފީހުން ތައްޔާރުކުރާ މީޑިއާ ޕްރޮޑަކްޝަންތައް؛ ޑިޖިޓަލް ސްޓޯރީ ޓެލިންގ، ވީޑިއޯ ޕްރޮޑަކްޝަން، ފޮޓޯގްރެފީ، އަދި އޯޑިއާ ޑިސައިންގެ މަސައްކަތްތައް.
- ސްޓްރެޓީޖިކް ކޮމިއުނިކޭޝަން؛ ޕަބްލިކް ރިލޭޝަން، ބްރޭންޑިންގ، އަދި އޮފީހާ ދޭތެރޭ އާންމުން ދެކޭ ގޮތާއި އިތުބާރު އިތުރުކުރުމުގެ މަސައްކަތްތައް އެހެން ޑިޕާރޓްމަންޓުތަކާ ގުޅިގެން ކުރުން.
- މީޑިއާގެ ޒަރީއާއިން ފަތުރާ ކުޑަކުދިންގެ ހައްޤުތަކާއި ގުޅުންހުރި ޚަބަރުތައް އަދި އޮފީހާ ގުޅުންހުރި ޚަބަރުތައް މޮނިޓަރކޮށް އޮފީހުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތްތައް.
- މިއޮފީހުން ކުރާ މަސައްކަތްތަކާއި ކުޑަކުދިންގެ ހައްޤުތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފަސޭހަކަމާއެކު އެކްސެސްކުރެވޭނެ ގޮތަކަށް މަސައްކަތްކުރުން.
- އޮފީހުގެ ފަރާތުން މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތުތައް މީޑިއާތަކަށް ފޮނުވުމާއި އޮފީހުގެ ވެބްސައިޓާއި މީސްމީޑިއާ އެކަންޓުތައް އަދާހަމަކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް.
- އޮފީހުގެ އެކި މަސައްކަތްތަކުގައި ބޭނުންކުރާނެ ގްރެފިކް ޑިޒައިންތައް ތައްޔާރުކުރުން.
- އޮފީހުން އިންތިޒާމުކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެ ހާލަތްތަކުގައި ބައިވެރިވުން.
- މަގާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާ ތަމްރީން (%25)
- މަސައްކަތުގެ ތަޖުރިބާ (%25)
- އިންޓަވިއު (%50)
ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ %40 އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ %65 އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 23 އެޕްރީލް 2026ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.
- އެޕްލިކޭޝަން ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
- ސީ.ވީ.
- ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
- ތަޖުރިބާއާގުޅޭ ލިޔުންތައް
|
|
ނޯޓް:
- މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
- މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
- އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގައެވެ.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
- އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
|