ދިވެހިރާއްޖެ
ފ. ނިލަންދޫގައި މަސްފެކްޓްރީއެއް އެޅުމަށް ސަރުކާރުން ނިންމައިފައިވާތީ މަސްފެކްޓްރީ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. މިމަސައްކަތް ކުރަމުންދާ މިންވަރަށް ބަލާއިރު ދޯނި، ޑިންގީ، ބޮއްކުރާ ފަދަ ތަކެތި އެހެލާފައި ހުރި ސަރަހައްދުގެ ބޭރުން އޮތް މޫދު ސަރަހައްދު ހިއްކުމުގެ މަސައްކަތް ކައިރި މުސްތަޤްބަލެއްގައި ފެށިގެންދާނެއެވެ. އެހެންކަމުން މިމަސައްކަތް މެދުނުކެޑި ކުރިއަށް ގެންދިޔުމައްޓަކައި އެސަރަހައްދަށް އެހެލާފައިހުރި ދޯނި، ޑިންގީ، ބޮއްކުރާ ފަދަ ތަކެތި ޢިޢުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަސްތެރޭގައި ނަންގަވައި ސަރަހައްދު ހުސްކޮށްދެއްވުންއެދެމެވެ. މިސަރަޙައްދުން ނަގާއުޅަނދުތަށް ބެހެއްޓުމަށް މަސްމާރުކޭޓުގެ އެތުރުން އޮތް ސަރަޙައްދުން ޖާގަ ލިބޭނެކަމުގައި ދަންނަވަމެވެ. މުއްދަތުގެ ތެރޭގައި ނުނަގާ އެޅަނދުތަކަށް ލިބިދާނެ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިއުޅަންދުތަށް ނަގައި ތަން ހުސްކުރުމުގެ މަސައްކަތުގައި އުޅަނދުތަކުގެ ވެރިފަރާތުގެ އެއްބާރުލުން މިކައުންސިލަށް ދެއްވުން އެދޭ ކަމުގައި ދަންނަވަމެވެ.
27 ޝައްވާލު 1447
15 އޭޕްރީލް 2026
