ދިވެހިރާއްޖެ
ވިލުފުށީ ރައްޔިތުންގެ "ވިލުރޯދި" ދޯނި ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ތ.ވިލުފުއްޓަށް ރަށްވެހިވެފައިވާ ފަރާތްތަކުން ކުއްޔަށް ހިފުމަށްއެދި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން، 2026 އޭޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. ދޯނި ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2026 އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނަމަ ކުންފުނި / އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
ދޯނި ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ ކުއްޔަކީ މަހަކު -/15000 ރުފިޔާއެވެ. ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.
