ދިވެހިރާއްޖެ
|
ވަޒީފާގެ ފުރުޞަތު |
ނަންބަރު:(IUL)195-A-HR/195/2026/16 |
|
|
ތާރީޚް: 15 އެޕްރީލް 2026 |
||
|
މަޤާމު |
ސީނިއަރ ޖުޑީޝަލް ސަރވިސް އެސިސްޓަންޓް |
|
|
ޖޮބް ފެމިލީ |
ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމަންޓަރީ ސަރވިސް |
|
|
ރޭންކް |
ފަބްލިކް ސަރވިސް ރޭންކް 4 |
|
|
ބޭނުންވާ ޢަދަދު |
02 (ދޭއް) |
|
|
މޭޖަރ ގްރޫޕް |
ސެކްރެޓޭރިއަލް ސަޕޯޓް ވަރކާސް އެންޑް ސްކިލްޑް ވަރކާސް |
|
|
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
|
|
ޑިޕާޓްމަންޓް/ސެކްޝަން |
ކޮމިޝަން ބިއުރޯ ޑިޕާޓްމަންޓް |
|
|
އަސާސީ މުސާރަ |
-/9,860 ރުފިޔާ |
|
|
އެލަވަންސާއި އިތުރު ގަޑި |
- މަގާމުގެ އެލަވަންސް: -/2,955 ރުފިޔާ - ހާޒިރީ އިނާޔަތް: (ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު ތަކުގައި ހާޒިރީ އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/80 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރެއިން "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގައި ވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
|
އަސާސީ ޝަރުތު |
1. "މަތީ ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
|
|
މަޤާމުގެ މަސްއޫލިއްޔަތު: |
1. ކޮމިޝަނުގެ ޖަލްސާގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން - ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ މާލަމާއި ވަސީލަތްތައް ޖަލްސާ ފެށޭގަޑިއަށް ތައްޔާރުކުރުން - އެޖެންޑާ ތައްޔާރުކުރުމާއި، އެޖެންޑާގައިވާ އައިޓަމްތަކުގެ ލިޔެކިޔުންތައް މެންބަރުންނަށް ދުރާލާ ފޮނުވުން - ޖަލްސާގެ ރެކޯޑިންގ ހަމަޖައްސާ އާކައިވް ކުރުން - ޖަލްސާގެ ހާޒިރީ ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔެ، ފާސްވުމުން ފައިލް ކުރުން. - ކޮމިޝަނުގެ ޖަލްސާއިން ނިންމާ ނިންމުންތައް އަދާހަމަކޮށް ބެލެހެއްޓުމާއި ތަންފީޛުކުރުން. - މިނޫނަސް، ޖަލްސާއާ ގުޅިގެން ސުޕަވަރިޒަރ ދޭ އިރުޝާދާ އެއްގޮތަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. 2. ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލްގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން - ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލްގެ މަޢްލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން - ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލްގެ ޝެޑިއުލް ބެލެހެއްޓުން - ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުންތައް އިންތިޒާމްކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ ކަންކަމާއި، މި ބައްދަލުވުންތަކުގެ ރިކޯޑުކޮށް ބެލެހެއްޓުން - ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލްގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމުގެ ގޮތުން އިންތިޒާމް ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމް ކުރުން - ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލް ބައިވެރިވާ އެކިއެކި ޖަލްސާތައް، ރަސްމިއްޔާތު، ދަތުރެއް އަދި ހަފްލާތަކުގެ ލޮޖިސްޓިކްސް ހަމަޖެއްސުމާއި، ރިސީވް ކުރުމާ، މީގެ އިތުރުންވެސް ކުރަންޖެހޭ އެންމެހާ ކަންކަން ބެލެހެއްޓުން 3. ޑިޕާޓްމަންޓުގެ ޔައުމިއްޔާއި އެންޓްރީ ބެލެހެއްޓުން - ޑިޕާޓްމަންޓަށް ލިބޭ ސިޓީއާ ލިޔެކިޔުންތައް ފައިލްކޮށް، ޖަވާބުދޭންޖެހޭ ސިޓީތަކާ ލިޔެކިޔުންތަކަށް ޖަވާބު ދިނުން - ޑިޕާޓްމަންޓަށް ލިބޭ/ފޮނުވާ ލިޔެކިޔުންތަކުގެ މަޢުލޫމާތު ބެހެލެއްޓުމާއި އަދާހަމަކުރުން - ޑިޕާޓްމަންޓުގެ ދުވަހު ޔައުމިއްޔާ ގަވާއިދުން އަދާހަމަކުރުން 4. ކޮމިޝަނުގެ މީޑިއާ މަސައްކަތް ކުރާ މުވައްޒަފު ނެތް ޙާލަތުގައި މީޑިއާ މަސައްކަތްތައް ހިންގާ، އެކަމުގެ ލިޔެކިޔުންތައް ބެލެހެއްޓުން 5. އިންޓަރނޭޝަލް ރިލޭޝަންސް އަދި ޕަބްލިކް ރިލޭޝަންސްއާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރުން 6. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރގެ އިރުޝާދާ އެއްގޮތަށް ކުރުން 7. މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޑިޕާޓްމަންޓް އަދި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން. |
|
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. 6. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ. 7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ. |
|
|
މަޤާމަށް އެދި ހުށަހެޅުން |
މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ. |
|
|
ސުންގަޑި |
މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އެޕްރީލް 26 ވާ އާދީއްތަ ދުވަހުގެ 12:00 އާ ހަމައަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިޢުލާނުގެ މުއްދަތުގެ ތެރެއަށް ވަންނަ ގޮތަށް ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚަށް އެ އަދަދަށް ދުވަސް އިތުރުކުރެވޭނެއެވެ. |
|
|
އިތުރު މަޢުލޫމާތު |
|
|
