އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ - އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮޮލޮޖީ

މަޤާމު: މެނޭޖަރ (ގްރޭޑް 1)، އައިސީޓީ

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

އަސާސީ މުސާރަ

-/11،500ރ.

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3،300ރ. 

ސަރވިސް އެލަވަންސް (ދުވަލަކަށް): 153/33ރ.

ލިވިންގ އެލަވަންސް

-/3,000ރ.

ސްޕެޝަލް އެލަވަންސް

-/2,000ރ.

ޕްރޮފެޝަނަލް އެލަވަންސް

މާސްޓާސް ހާސިލްކޮށްފައިވާނަމަ -/2,000ރ.

ޑިގްރީ ހާސިލްކޮށްފައިވާނަމަ  -/1,000ރ.

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުންޢަމަލުކުރަންޖެހޭ އުސޫލަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ޔުނިޓް ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެ ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  2. އޮފިހުގެ ސްޓްރޭޓެޖީއާ އެއްގޮތްވާ ފަދަ ގޮތަކަށް ،އައި.ސީ.ޓީގެ ޚިދުމަތްތައް ރާވައި ބެލެހެއްޓުން.
  3. އިންފޮމޭޝަން ސިސްޓަމްސްގެ ނިޒާމުތަކާއި ޑިޖިޓަލް ޚިދުމަތްތައް ރާވައި، ތަރައްގީކޮށް، އެކަންކަން އިތުރަށް ހަރުދަނާކުރުން.
  4. އިންފޮމޭޝަން ސިސްޓަމްސް ފުޅާކޮށް ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ކަމާގުޅޭ މާހިރުންނާ މުޢާމަލާތްކޮށް އިންފޮމޭޝަން ސިސްޓަމްސް ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން. 
  5. ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ބަލައި ދިރާސާކޮށް، އާ އީޖާދުތައް ތައާރަފުކުރުމަށް  ކުރަންޖެހޭ ކަމެއް ކުރުން.
  6. ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކަށް، ދިމާވާ މައްސަލަތަކާއި ޚިދުމަތަށް އެދި ހުށަހަޅާ ކަންކަމަށް ހައްލު ހޯދައިދިނުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެއް ގާއިމުކޮށް ބެލެހެއްޓުމާއި މައްސަލަތައް ހައްލުކުރުން.
  7. އައި.ސީ.ޓީ ޚިދުމަތަށް ރައްކާތެރިކަމާއެކު އަދި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މުވައްޒަފުން ތަމްރީނުކޮށް، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުން.
  8. ނެޓްވޯކްތަކާއި އެއާ ގުޅުންހުރި އެހެނިހެން ނިޒާމުތައް ހިމެނޭހެން، އޮފީހުގެ އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ފަރުމާކޮށް، އިމްޕްލިމެންޓްކޮށް އަދި ބެލެހެއްޓުން.
  9. އެންޑް ޕޮއިންޓް ޕްރޮޓެކްޝަން އާއި ސައިބަރ ސެކިއުރިޓީގެ އެންމެހައި ކަންކަން ރާވައި ބެލެހެއްޓުން.
  10. އޮފީހުގެ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ގާއިމުކުރުމާއި، ބެލެހެއްޓުމާއި، އަދި ގަވާއިދުން އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި އަދި މުވައްޒަފުންނަށް އެ އަންނަ ބަދަލުތައް އަންގައިދިނުން. 
  11. އޮފީހުގެ ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޚިދުމަތްތައް ( އީމެއިލް، ވެބްސައިޓްތައް، އަދި އެތެރޭގައި ބޭނުންކުރާ އެޕްލިކޭޝަންތައް) އިމްޕްލިމެންޓްކޮށް އަދި ބެލެހެއްޓުން.
  12. ޑޭޓާ ސްޓޯކުރުމާއި، އާކައިވްކުރުމާއި، ދޭންވާ އެކްސެސްތަކުގެ ކަންތައްތައް ގާއިމުކޮށް ބެލެހެއްޓުން.
  13. އޮފީހުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުން ކަށަވަރުކުރުމަށްޓަކައި، ބެކަޕް ނެގުމާއި، ޑޭޓާ ޝެއަރިންގ އަދި ޑިޒާސްޓަރ ރިކަވަރީ ޕްރޮސީޖަރ ހަދާ އިމްޕްލިމެންޓްކުރުން.
  14. އައި.ސީ.ޓީއާ ގުޅުންހުރި ގަވާއިދު ތައްޔާރުކޮށް، އިމްޕްލިމެންޓްކޮށް، އެގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ހުރިހާ ކަމެއްކުރުން. 
  15. އައި.ސީ.ޓީ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނާ ގުޅުންހުރި އޮފީހުގެ މަސައްކަތްތަކުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން.
  16. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު އެ ކެންޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

27 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348273 / 3348200 ނަންބަރު  ފޯނަށެވެ.

15 އޭޕްރިލް 2026
ހޯދާ