ދިވެހިރާއްޖެ
މިރަށު މަސްޖިދުލް އިސްރާގެ ހަތަރު ދޮރާއި ދިމާލުގައި މިސްކިތައް ވަނުމަށް ބޭނުންކުރާ ހަތަރު ސިޑިއާއި ޕޯޓިކޯ ވަށައިގެން ވާ ސިޑިތަކުގައި ޖަހާފައިވާ މުށިތައް ތަޅާ ނެގުމަށްފަހު އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރައްވައި ކަނޑައެޅިފައިވާ ގަޑީގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް މި އިދާރާއަށް ދުރުވުމުން ނުވަތަ އީމެއިލް [email protected] ގެ ޒަރީއާއިން މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. (ފޯނު ނަންބަރު: 6560031 )
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ ގަޑީގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްފައިވާ އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
|
|
ތާރީޚް |
ވަގުތު |
|
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި މައުލޫމާތު ދިނުން |
2026 އެޕްރީލް 14 ން 20 އަށް (ބަންދު ނޫން ކޮންމެ ދުވަހަކު) |
8:00 އިން 14:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
22 އެޕްރީލް 2026 |
10:00 ހެނދުނު |
