ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމާއި ގުޅޭ - "އިންސްޓިޓިއުޝަނަލް ސްޓްރެންތަނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯރ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް" މަޝްރޫޢު
ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އާއި ގުޅިގެން ރާއްޖޭގައި ކެމިކަލް އަދި ނުރައްކާތެރި ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް "ސްޕެޝަލް ޕްރޮގްރާމް ޓްރަސްޓް ފަންޑު"ގެ އެހީގެ ދަށުން ކުރިއަށްދާ "އިންސްޓިޓިއުޝަނަލް ސްޓްރެންތަނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯރ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން، ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ދައުވަތު އަރުވަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން އެޓޭޗް ކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތު ތައް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ އޮބްޖެކްޝަން' ސިޓީ އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ 22 އޭޕްރިލް 2026 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ.
އެޕްލިކޭޝަން ޓައިޓަލް: ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމާއި ގުޅޭ - "އިންސްޓިޓިއުޝަނަލް ސްޓްރެންތަނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯރ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް" މަޝްރޫޢު
ހިއުމަން ރިސޯސް ޑިވިޜަން،
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ވެލާނާގެ (5 ވަނަ ފަންގިފިލާ) އަމީރު އަހްމަދު މަގު، މާލެ، 20344، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ނޯޓް:
މަޢުލޫމާތު ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އަދި މިއިޢުލާން ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
