ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގަށް އަރާގޮތަށް ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން

ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އެކްސްޓެންޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މަގަށް އަރާގޮތަށް ހުރި ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރީގެ އުތުރުކޮޅު ތުނޑި ސަރަހައްދުގައި (ކުރީގެ ޞިއްޙީމަރުކަޒުގެ އުތުރުން އޮތް ބިމުގައި) ހުރި ރުއްތަކުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ.

                     ވީމާ، މި ސަރައްޙައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ވާނަމަ 2026 އޭޕްރިލް 21 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އެކަން ލިޔުމުން މިއދާރާއަށް އެންގެވުން އެދެމެވެ. މި ސަރަހައްދުގައި ހުރި ރުއްތަކުގެ ތެރެއިން ކެނޑުމަށް ބޭނުންވާ ރުއްތަކުގައި ކަޅުކުލައިން 1 – 12 އަށް ނަންބަރުޖަހާފައިވާނެއެވެ.  

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 އޭޕްރިލް 2026
ހޯދާ