މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ޑިޒައިން، އިމްޕްލިމެންޓް އަދި މި ސިސްޓަމް ބޭނުންކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު   

 

ޕްރޮޖެކްޓް ނަންބަރު:  TES/2026/NC-005

 

ޤައުމު:

ދިވެހިރާއްޖެ

ޕްރޮޖެކްޓްގެ ނަން:

މޯލްޑިވްސް އެޓޯލްސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް  (AEDP - P177768)

ކޮންޓްރެކްޓް:

އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ޑިޒައިން، އިމްޕްލިމެންޓް އަދި މި ސިސްޓަމް ބޭނުންކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތަށް

ލޯން ނަންބަރު:

މަލްޓިޕްލަޔަރ ގްރާންޓް  (TF-C6394)

އާރް.އެފް.ޕީނަންބަރު:

MV-MOE-495680-GO-RFP

 

  1. ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ "މޯލްޑިވްސް އެޓޯލްސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (AEDP - P177768) ގެ ދަށުން، އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ޑިޒައިން، އިމްޕްލިމެންޓް އަދި މި ސިސްޓަމް ބޭނުންކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތަށް މި މަޝްރޫޢުގެ ފަންޑުން ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.
  2. ވީމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބޭނުމަށް، އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ޑިޒައިން، އިމްޕްލިމެންޓް އަދި މި ސިސްޓަމް ބޭނުންކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރަސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 365 ދުވަހެވެ.
  3. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ޕްރޮކިއުމަންޓް ރެގިއުލޭޝަންސް ފޯ IPF  ބޮރޯވާރސްސެޕްޓެންބަރ 2023ގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.
  4. ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރާނީ ޕްރޮޕޯޒަލް ޑޮކިއުމަންޓުގައި ކަނޑައެޅާފައިވާ އިވެލުއޭޝަން ކްރައިޓީރިއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ރޭޓެޑް ކްރައިޓީރިއާ (ޓެކްނިކަލް އަދި އަގު ނޫން ފެކްޓަރތައް ހިމެނޭ) އަށް %60 ގެ ވެއިޓޭޖެއް ދެވޭއިރު، ބިޑް ކޮސްޓަށް %40 ގެ ވެއިޓޭޖެއް ދެވޭނެއެވެ.
  5. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 13 އެޕްރީލް 2026 އިން 31 މެއި 2026 އަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 12 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
  • ޕްރޯޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ޕްރޮޖެކްޓާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

 6. މި ޕްރޮޖެކްޓުގެ ޕްރޮޕޯސަލް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި 13 އެޕްރީލް 2026އިން ފެށިގެން، މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mv/tendersއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 7. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން 27 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ 11:00:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  ޕްރީބިޑް ބައްދަލުވުމުގެ އިތުރު މައުލޫމާތު ޕްރޮޕޯސަލް ޑޮކިއުމަންޓުގައި ހިމެނިފައިވާނެވެ.

 8. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 5 މެއި 2026ވާ އަންގާރަ ދުވަހުގެ 13:30:00ގެ ކުރިން، މި އިޢުލާނުގެ 12 ވަނަ ނަންބަރުގައިވާ އެޑްރެހަށެވެ.

 9. ޕްރޮޖެކްޓުގެ ޕަރޮޕޯސަލް ސެކިޔުރިޓީގެ ގޮތުގައި  75,000.00ޔޫ.އެސް.ޑޮލަރ (ހަތްދިހަ ފަސްހާސް ޔު.އެސް ޑޮލަރ) ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ޕްރޮޕޯސަލް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

 10 ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ޕްރޮޕޯސަލަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 11. ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންޓްރެކްޓް އެވޯޑް ނޯޓިސްގެ ބައެއްގެ ގޮތުގައި، އެވޯރޑްވާ ފަރާތުގެ 'ބެނިފިޝަލް އޯނަރޝިޕް' (Beneficial Ownership) އާ ގުޅޭ މަޢުލޫމާތު ހާމަކުރުން ބޮރޯވަރުގެ މައްޗަށް ލާޒިމުވެގެންވެއެވެ. މި މަޢުލޫމާތު ހުށަހަޅަންވާނީ 'ރިކުއެސްޓް ފޮ ޕްރޮޕޯޒަލް ' ލިޔެކިޔުންތަކުގައި ހިމެނިފައިވާ 'ބެނިފިޝަލް އޯނަރޝިޕް ޑިސްކްލޯޝަރ ފޯމު' ބޭނުންކޮށްގެންނެވެ.

 12. މި ޕްރޮޖެކްޓާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޑިރެކްޓަރ ޖެނެރަލް، ނެޝަނަލް ޕްރޮކިއުމަންޓް،

ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން    : 3349113(960+) ،3349106(960+) ،3349147(960+)

އީމެއިލް  : [email protected]

      [email protected]                

ކޮޕީ     : [email protected]

14 އޭޕްރިލް 2026
ހޯދާ