މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ވޮލީ ޓީމްގެ ފޮޓޯނެގުމުގެ މަސައްކަތް ކުރުމާއި ގުޅޭ

އިޢުލާން

ހެނބަދޫ ވޮލީ ޓީމްގެ ފޮޓޯނެގުމުގެ މަސައްކަތް ކުރުމާއި ގުޅޭ

                   ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ ޓޯނަމެންޓް 2026 ގައި ބައިވެރިވެފައިވާ ހެނބަދޫ ވޮލީ ޓީމުގެ ފޮޓޯ / ޓީމު ހަރަކާތްތެރިވާ ހުރިހާ އިވެންޓެއްގެ ފޮޓޯނަގައި ދީ / ފޭސްބުކް ޕޭޖް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:45 އަކަށް ދުރުވެ ކައުންސިލަށް ސިޓީ މެދުވެރިކޮށް އަގު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ލިބޭނީ އެންމެ އަގުހެޔޮކޮށް ހުށަހަޅާ ފަރާތަކަށެވެ. އަގުގެ ގޮތުން އެއްވަރު ވެއްޖެނަމަ، ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

  26 ޝައްވާލް 1447

14 އޭޕްރިލް 2026
ހޯދާ