ދިވެހިރާއްޖެ
މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން
މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2026 އެޕްރީލް 22 ވާ ބުދަ ދުވަހުގެ 13:00ގައި މި ކޯޓްގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2026 އެޕްރީލް 16ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 އެޕްރީލް 22 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 22 އޭޕްރީލް 2026 ގެ 22:00ގެ ކުރިން، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރިޕޯޓަލް https:bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު، 28 އެޕްރީލް 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓްގެ ނަންބަރު 6560041 ފޯނަށް ގުޅުއްވުން އެދެމެވެ.
