ދިވެހިރާއްޖެ
ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދާ ގޯތި މައްސަލަ އަކާއި ގުޅިގެން މިކައުންސިލަށް ކޯޓުގައި ވަކާލާތުކޮށްދޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޭޕްރިލް 2026 ވަނަ ދުވަހުގެ 10:00 އަށް މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ގައި ޖަހަންވާނީ މައްސަލަ ދަށު ކޯޓުން ނިމެންދެން ކޯޓަށް ހާޟިރުވެގެން ނުވަތަ އޮންލައިންކޮށް މައްސަލަ އަށް ވަކާލާތުކޮށްދެވޭނެ އަގެކެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދަކު ނަމަ އެމީހެއްގެ އެކައުންޓުން، އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ ޑައިރެކްޓަރ/ޕާޓްނަރެއްގެ އެކައުންޓުންނެވެ. ކޯޓޭޝަން ހުށަހަޅުއްވާ ފަރާތްތަކުން ވިޔަފާރީގެ ޕްރޮފައިލް ކައުންސިލަށް ހުށަހަޅުއްވަން ވާނެއެވެ.
މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ހޯދުމަށް ޕޮއިންޓް ދޭނޭ ގޮތް:
މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް %80 މާކްސް ލިބޭގޮތަށް)
ތަޖުރިބާއަށް %20 (އެންމެ ތަޖުރިބާ ހުރި ފަރާތަކަށް %20 މާކްސް ލިބޭގޮތަށް)
މިހެންވެ މިކަން އާންމުކޮށް އންގުމަށްޓަކައި އިޢުލާން ކުރީމެވެ.
