ދިވެހިރާއްޖެ
މި މިނިސްޓްރީ އިން އިއުލާން ކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ސްކީމްތަކާއި ކެޓަގަރީތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މޭ 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ވާހަކަ ދެންނެވީމެވެ.
1. އުސޫލު ނަންބަރު 36-ޖީ/2025، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ތިރީގައިވާ ޚާއްޞަ ކެޓަގަރީތައް.
i. ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ޙަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ޚާއްޞް ކެޓަގަރީ.
ii. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ (އުސޫލު ނަންބަރު 6-ޖީ/2026، އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު).
2. އުސޫލު ނަންބަރު 37-ޖީ/2025، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު.
3. އުސޫލު ނަންބަރު 4-ޖީ/2026، "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލު. މިއުސޫލުގައި ހިމެނޭ ކެޓަގަރީތައް:
i. "ބިންވެރިޔާ" ޚާއްޞަ ސްކީމް ކެޓަގަރީ 1 ގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
ii. "ބިންވެރިޔާ" ޚާއްޞަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވީ ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
4. އުސޫލު ނަންބަރު 5-ޖީ/2026، "ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
