މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާ ގުޅޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2026 އޭޕްރީލް 13 ވަނަ ދުވަހުގެ 18:30 އިން 22:00 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން އަދި ފްލޭއަރސް ދަތުރުކުރާނީ ކ. ގިރިފުށީގެ ހުޅަނގު ދެކުނުން 4100 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން، ފްލޭއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

13 އޭޕްރިލް 2026
ހޯދާ