ދިވެހިރާއްޖެ
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ ޓޯނަރ އަދި ކާޓްރިޖް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (IUL)453/1/2026/11 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އަލުން މި މަސައްކަތް ފުރުސަތު ހުޅުވާލަމެވެ.
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ ޓޯނަރ އަދި ކާޓްރިޖް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރފޯޓުގައި ހުންނަ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2026 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2026 އެޕްރީލް 22 ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބިޑް ހުށަހެޅުމުގައި ސަމާލުކަން ދޭންވީކަންކަން:
- މިޕްރޮކިއުމަންޓަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ލޮޓްތަކަށް ވަކިވަކިންނެވެ. މިޕްރޮކިއުމަންޓުގައި 03 ލޮޓެއްވާނެއެވެ. ކޮންމެ ލޮޓަކަށްވެސް އަގު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ވަކިންނެވެ.
- އަގު ހުށަހަޅާ ފަރާތްތަކަށް އެންމެ ލޮޓަކަށް ނުވަތަ އެކަކަށްވުރެ ގިނަ ލޮޓަށްވެސް އަގުހުށަހެޅިދާނެއެވެ.
- އޮތޮރައިޒް ޑިސްޓްރިބުޓަރ / އޮތޮރައިޒް ޑިސްޓްރިބުޓަރެއްގެ އޭޖެންޓެއްކަން އަންގައިދޭ ލިޔުން ހުށަހެޅުން.
ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.
